އުރީދޫ މޯލްޑިވްސް ކުރިއަށް ގެންދިޔަ ފަން ރަނާއިއެކު ލާމް މުޅި ދުނިޔެއަށް ވިދާލައިފި އެވެ.
މިއަދު ހަވީރު ލާމް ގަމުގައި ކުރިއަށް ގެންދިޔަ އުރީދޫ ފަން ރަންގައި ވަނީ ގިނަ އަދަދެއް ރައްޔިތުން ބައިވެރިވެފަ އެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ މި އިވެންޓަށް ޕީއެސްޖީގެ މަސްހޫރު ކުޅުންތެރިޔާ ޖޭޖޭ އޮކާޗާ ވެސް ރާއްޖެ ގެނެސް ލާމަށް ގެންގޮސްފަ އެވެ.
އުރީދޫ ފަން ރަންނާއި ގުޅިގެން ކުރިއަށްދާ އޮކާޗާ ބައިވެރިވަޑައިގަންނަވާ އިވެންޓްތަކުގެ ފޮޓޯތަކާއި މައުލޫމާތުތައް މަސްހޫރު ފުޓްބޯޅަ ކުލަބު ޕީއެސްޖީގެ ސޯސިއަލް މީޑިޔާ ހޭންޑަލްތަކުން ދަނީ މުޅި ދުނިޔެއަށް ޕޯސްޓް ކުރަމުންނެވެ. މިގޮތުން ލާމް ޕަރީފެންގަނޑުގެ ފޮޓޯތަކާއި މައުލޫމާތުތައް ވެސް އެކުލަބުން ވަނީ އާއްމް ކޮށްފަ އެވެ.
އުރީދޫ ފަން ރަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދައުލަތުގެ ވަޒީރުންނާއި ކަމުވޮށިގެންވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.