ހަމައެއް ލަމައެއް ނެތި ފާނަ ބާނާތީ، 5 ސަރަހައްދަކުން ފާނަ ބޭނުން މަނާ ކޮށްފި
ދެންމެ | 07 ޖުލައި 2024

ފާނަ މަސްވެރި ކަމަކީ ދެމެހެއްޓެނިވި މަސަތްކަތަކަށް ހެދުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.

މަސްވެރި ކަމާއި ބެހޭ ވުޒާރާއިން މިއަދު އާންމު ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ފާނައަކީ ލަހުން ބޮޑުވާ މަހެއް ކަމަށާއި އުމުރުވެސް ދިގު މަހެއް ކަމަށެވެ. އަދި ފާނައިގެ ގިނަ ބާވަތްތައް ބިސް އެޅުމަށް ވަކި ދުވަސްވަރަކަށް އެއް ސަރަހައްދަކަށް ޖަމާވާނެ ކަމަށް ބުންޏެވެ.

ފާނައިގެ މަސްވެރި ކަމުގެ ވިޔަފާރި އަކީ ދިވެހިންނަށް އޭގެ ފައިދާ ބޮޑު އިގްތިސާދީ ހަރަކާތަކަށްވާތީ މަސްވެރިކަމާއި، ވިޔަފާރީގެ ފައިދާ ކުރިއަަށްއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓާކައި ދެމެހެއްޓެނެވި ގޮތެއްގައި މި މަސްވެރިކަން ތަރައްގީކޮށް ދަމަހައްޓަން ޖެހޭ ކަމުގައި އެ ވީޑިއޯގައި ބުންޏެވެ.

އެ ވީޑިއޯގައި ބުނީ އެއްވެސް ބެލުމެއް ނެތި، ރާއްޖޭގައި ފާނައިގެ މަސްވެރިކަން ކުރާތީ އެކަމުގެ ނޭދެވޭ އަސަރު ފާނަ އާބާދީއަށް ކުރާ ކަމަށާއި އެ އަސަރު ކުޑަކުރުމަށް ފާނަ ބިސް އެޅުމަށް ޖަމާވާ ސަރަހައްދުތަުގެ ތެރެއިން ފަސް ސަރަހަައްދެއް ހިމާޔަތް ކޮށްފައިވާ ކަމަށެވެ.

 

ފާނަ ބިސް އެޅުމަށް ޖަމާވާ ސަރަހައްދުތައް:

ފާދިއްޕޮޅު އަލިގައު ކަނޑުއޮޅި

މާލެ އަތޮޅު ދިއްފުށި ކަނޑުއޮޅި

ފެލިދެ އަތޮޅު ބޯމަސް ކަނޑުއޮޅި

މުލަކުއަތޮޅު ބޮޑު ކަނޑުއޮޅި

ކުޑަ ކަނޑުއޮޅި

ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކަނޑުއޮޅި

އެ ވުޒާރާއިން ބުނީ، އެ ސަރަހައްދުތަކުގައި ވަދާ ދުއްވުން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަން ކުރުމާއި ނަގިލިއެޅުމާއި ވެއްޔާ މުރަކަ އަދި އަކިރި ނެގުމާއި މަހަށް ކާން ދިނުމަކީ މަނާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ކޮންމެ ހަނދުމަހެއްގެ 23 ވަނަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް، އެ ސަރަހައްދުތަކުގައިޑައިވް ކުރުމާއި ސްނޯކްލިން ކުރުމަކީވެސް މަނާކަމެއް ކަމުގައި ބުންޏެވެ.

ފާނައިގެ މަސްވެރި ކަމުގެ ވިޔަފާރި އަކީ ދިވެހިންނަށް އޭގެ ފައިދާ ބޮޑު އިގްތިސާދީ ހަރަކާތަކަށްވާތީ މަސްވެރިކަމާއި، ވިޔަފާރީގެ ފައިދާ ކުރިއަަށްއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓާކައި ދެމެހެއްޓެނެވި ގޮތެއްގައި މި މަސްވެރިކަން ތަރައްގީކޮށް ދަމަހައްޓަން މަސްވެރިކަމާއިބެހޭ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!