ބާރަ އަހަރު ކުއްޖަކާއި ކައިވެނިކޮށް ބަލިވެ ބޭންދި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި
ދެންމެ | 11 ޖުލައި 2024
ކުޑަ ކުއްޖަކު ބަލިވެ ބޭންދި މީހަކު 14 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މިއީ، ކައިވެނީގެ ނަމުގައި އުމުރުން އެންމެ 12 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، އެ ކުއްޖާއަށް 13 އަހަރުގައި ވިހެއި މައްސަލައިގައި ތުހުމަތުކުރެވޭ މީހެއްގެ މައްސަލައެވެ. އެ މީހާ 14 އަހަރަށް ޖަލަށްލާން މިއަދުވަނީ ހުކުމްކޮށްފައެވެ.

މިއީ، މާލޭން އުތުރުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ ނޮވެމްބަރު 2018 ގައި ވިހެއި މައްސަލައެވެ. މި މައްސަލަ ފެންމަތިވީ ދީނީ ހިޔާލު ތަފާތުވުންތަކެއްގައި އެ މައްސަލައިގައި ހިމެނޭ ފިރިހެން މީހާއަށް ބަޔަކު ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ހައްމާދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިފަ އެވެ.

އެ ރޭޕްގެ މައްސަލަ ފެންމަތިވުމާ އެކު ދައުލަތުން ވަނީ 13 އަހަރުގެ އެ ކުއްޖާ އާއި އޭނާ ވިހެއި ތުއްތު ކުއްޖާގެ އިތުރުން އެ އާއިލާގައި ދެން ތިބި ކުދިން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި 13 އަހަރުގެ ކުއްޖާގެ މަންމަ އާއި ބައްޕަ ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!