ރާއްޖޭގައި ކޮންމެ ފިރިހެނަކަށް އަންހެނެއް ނެތް!
ދެންމެ | 11 ޖުލައި 2024

ރާއްޖޭގެ އާބާދީގެ ކޮންމެ ފިރިހެނަކަށް އަންހެނެއް ނެތްކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ 103 ފިރިހެނަކަށް ތިބީ 100 އަންހެނުންނެވެ.

ރާއްޖޭގެ ޖުމުލަ އާބާދީއަކީ 515,132 އެވެ. މީގެ ތެރެއިން ދިވެހިންގެ އާބާދީ އަކީ 382,639 މީހުންނެވެ. ބާކީ 132,493 މީހުންނަކީ ބިދޭސީންނެވެ.

ޖުމުލަ އާބާދީގެ ތެރެއިން ފިރިހެނުންގެ އާބާދީއަކީ 311,994 އެވެ. މިއީ ޖުމުލަ އާބާދީގެ 61 އިންސައްތަ އެވެ. އަދި އަންހެނުންގެ އާބާދީއަކީ 203,138 އެވެ. މިއީ ޖުމުލަ އާބާދީގެ 39 އިންސައްތަ އެވެ.

ރާއްޖޭގެ ޖުމުލަ އާބާދީގެ ތެރެއިން 211,908 މީހުން ދިރިއުޅެމުން އަންނަނީ ވެރިކަން ކުރާ ރަށް މާލޭގަ އެވެ. މިއީ އާބާދީގެ 41 އިންސައްތަ އެވެ. މާލެ ފިޔަވާ އެންމެ ގިނައިން މީހުން ދިރިއުޅެނީ އައްޑު އަތޮޅާއި ހދ. އަތޮޅުގަ އެވެ.

މަސައްކަތު އާބާދީއަށް ބަލާއިރު ރާއްޖޭގައި 300,422 މީހުން މަސައްކަތް ކުރެ އެވެ. މީގެ ތެރެއިން 129,292 މީހުންނަކީ ބިދޭސީންނެވެ. މަސައްކަތް ކުރާ އާބާދީގައި ހިމެނޭ ދިވެހިންގެ އަދަދަކީ 171,130 އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!