ހުވާ ކޮށްފަ ވެސް ލޯބިވެރިޔާ ގާތު ދޮގު ހަދަން ތަ!
ދެންމެ | 13 ޖުލައި 2024

ދިރިއުޅުމުގެ މިހިސާބަށް އައިސް ހުންނާނީ، ލައްކަ މީހުންގެ ފަރާތުން ލައްކަ ދޮގު އަޑު އަހައިގެންނެވެ. އޭގެތެރެއިން ވެސް، އެކަމުގައި އެންމެ އަރާ ތިބީ ކުރިން ގެންގުޅުން ލޯބިވެރިން ކަމުގައި ބައެއް މީހުން ބުނެއެވެ.

ބޭރަށް ދާއިރު ދާތަނާ ބެހޭ ގޮތުން ދޮގު ހެދުމާއި، އެހެން މީހަކާ ސިއްރުން ވާހަކަ ދައްކައިގެން އެކަން ފަޅާއެރުމުން އެކަން ހަމަޖައްސަން ހަދާފައި ހުންނަ މޮޅެތި ދޮގު ތަކާއި، ތިބާގެ އުފަންދުވަސް ނުވަތަ ދެމީހުންގެ އެނިވާސަރީ ކަހަލަ ޚާއްސަ ދުވަހެއް ހަނދާން ނައްތާލާފައި އެކަން ފޫބައްދަން ހަދާފައި ހުންނަ ދޮގުތައް ހިމެނެއެވެ. މީގެތެރެއިން ބައެއް ދޮގުތައް މަތިން މިހާރު ހަނދާންވުމުން، ހިނި އައުން ވެސް އެކަށީގެންވެއެވެ.

ބުނަން މި އުޅޭ ވާހަކައަކީ، ޙަޔާތުގެ ބައިވެރިއަކަށް އިޚުތިޔާރު ކުރަން ވާނީ، ތެދުވެރި ވަފާތެރި މީހެއް ކަމެވެ. ކަމަކަށް ނުވާ ކަންކަމުގައި ދޮގު ހެދުމަކީ ފުރަތަމަ ރަތް ސިގުނަލެވެ. ދެން ހަދަން ފަށާނީ އެއަށްވުރެ ބޮޑެތި ދޮގެވެ. އަދި އެއް ދޮގު ފޮރުވަން ދެން ހަދާ ދޮގުތަކުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާއެވެ.

ގުޅުމެއް ދެމި އޮތުމަށް އެންމެ މުޙިއްމު އެކައްޗަކީ އިތުބާރެވެ. އިތުބާރު ނުކުރެވޭ މީހެއް ގޮވައިގެން ދިރިއުޅުން ވޭތު ކުރަން ވިސްނާނީ މޮޔައެކެވެ.

އެހެންވީމާ ބުނެބަލާށެވެ. ތިބާގެ ކުރީގެ ލޯބިވެރިޔަކު ހަދާފައިވާ އެންމެ މަޖާ، ނުވަތަ އެންމެ ބޮޑު ދޮގަކީ ކޮބައިހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!