ޓްރަމްޕް ގަޔަށް ބަޑި ޖަހައި އޭނާ މަރާލަން އުޅެފި
ދެންމެ | 14 ޖުލައި 2024

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަޔަށް ބަޑި ޖަހައި އޭނާ މަރާލަން އުޅެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ، ޕެންސިލްވޭނިއާގެ ބަޓްލޭގައި ބޭއްވުނު އޭނާގެ ރެލީއެއްގައެވެ.

އެގޮތުން، އެ ރެލީގެ ތެރެއިން، ޓްރަމްޕް ސްޓޭޖުގައި ޗާޓެއް ދައްކަމުންދަނިކޮށް އޭނާގެ ކަނާއަތު ކަންފަތަށް މީހަކުވަނީ ބަޑި ޖަހައިފައެވެ. އެއާއެކު، ސީކްރެޓް ސަރވިސްގެ އޭޖެންޓުން ސްޓޭޖަށް އަރައި، ސްޓޭޖުގެ ފަހަތަށް ޓްރަމްޕް ގެންދެވުފައިވާތަން ވީޑިއޯއިން ފެނުނެވެ.

ޓްރަމްޕް ކެމްޕޭން އޮފީހުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ”ރަނގަޅު“ ކަމަށެވެ.

މީގެ އިތުރުން، ބަޑިޖެހި މީހަކާއި އެ ރެލީއަށް ދިޔަ މީހަކު މަރުވެފައިވާކަމަށް ބަޓްލަރ ކައުންޓީގެ ޑިސްޓްރިކްޓް އެޓަރނީ ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާއި ގުޅުގެން އެކިއެކި ސިޔާސީ ލީޑަރުން އަންނަނީ ޓްރަމްޕަށް ހިތްވަރުދީ މެސެޖުތައް ފޮނުވަމުންނެވެ.

އެގޮތުން، އެމެރިކާގެ ރައީސް ބައިޑެން ވަނީ ”މިފަދަ އަނިޔާވެރިކަމަށް އެމެރިކާގައި ޖާގައެއް ނުދެވޭނެ“ ކަމަށް ބުނެފައެވެ.

މި ރެލީއަކީ އަންނަ ހަފްތާގައި ވިސްކޮންސިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޕަބްލިކަން ނެޝަނަލް ކޮންވެންޝަނުގެ ކުރިން ޓްރަމްޕް ބާއްވާ އެންމެ ފަހު ރެލީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!