ހޯމާއި ރޯގާ އާއިއެކު ސީލުން އިތުރު ވަނީ ސަމާލުވޭ
ދެންމެ | 15 ޖުލައި 2024

ހުމާ ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު ވަރަށް ބޮޮޑަށް އިތުރުވަމުން އަންނަނީތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ މިހާތަނަށް ހުމާ ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަަދަދު ވަނީ 32738 އަރާފައެވެ. މީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫންމަހު ހުމާ ރޯގާޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދަކީ 25749 އެވެ.

މިމަހު އިންފްލުއެންޒާގެ އަލާމަތްތައް ހުރެގެން ޓެސްޓްކުރި އަދަދާއި ޕޮޒިޓިވް ވި އަދަދުވެސް އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މި އަހަރުގެ މިހާތަނަށްް 1753 މީހެއް އިންފުލެއެންޒާއަށް ޓެސްޓްކުރި އިރު 337 މީހުން ޕޮޒިޓިވްވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިދުވަސްވަރު ބޭރަށް ހިންގުންވެސް އިތުރުވަމުން އަންނަކަމަށެވެ. ބޭރަށް ހިންގާތީ މިމަހުގެ މިހާތަނަށް 5179 މީހުން ޑޮކްޓަރަށް ދައްކާފަައިވާކަމަށެވެ.

ހުމާ ރޯގާގެ އިތުރުން ބޭރަށް ހިންގުން މި ދުވަސްވަރު އިތުރުވި ނަމަވެސް ޑެންގީ ޖެހިގެން ރިޕޯޓްކުރާ އަދަދު މަދުވަމުން އަންނަކަމަށް އެޗްޕީއޭ ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!