ތ. މަޑިފުށި ބަނދަރުގައި މަސްކަނޑާތަނެއް ހެދުމަށް ބޭނުންވާ ކުރެހުން އަދި ބީ.އޯ.ކިޔޫ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން އިޢުލާންކޮށްފިއެވެ.
މަޑުފުށި ކައުންސިލުން ބުނީ މިރަށު ބަނދަރުގައި މަސްކަނޑާތަނެއް ހެދުމަށް ބޭނުންވާ ކުރެހުން އަދި ބީ.އޯ.ކިޔޫ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖުލައި 2024ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމަށް ކައުންސިލުން އެދެއެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ޖެހޭ ތާރީޙަކީ 22 ޖުލައިގެ 11:00ގެ ކުރިންނެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 24 ޖުލައިގެ 11:00ގައެވެ.
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!