އެމްޑީޕީ ހަފުސްކޮށް، ޕީއެންސީ ހޯދި ކާމިޔާބީއަށް ރައީސް ތަހްނިޔާ ދަންނަވައިފި
ދެންމެ | 21 ޖުލައި 2024

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލްތަކުގެ ބައިއިލެޝަންތަކުން ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު 6 ބައިއިލެކްޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއާއި ހުޅުމާލެ ދާއިރާގެ ގޮނޑި، މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި، ކުޅުދުއްފުށި އުތުރު ދާއިރާ ގޮނޑި އަދި ބިލެއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީ އިންނެވެ.

މިއަދުގެ ބައި-އިލެކްޝަން ތަކުގެތެރެއިން ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރީ އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓެވެ.

ޕީއެންސީއަށް ލިބުނު މި ކާމިޔާބީއާއިއެކު ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ބޭއްވި ބައިއިލެކްޝަންގައި 5 ގޮނޑި ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށާއި ކެމްޕޭންގައި މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް އަދި ވޯޓު ދިން ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ހޫނު މަރުހަބާ އަކާއި ޝުކުރެއް ދަންނަވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވެރިކަމަށް އައިފަހުން ބާއްވާ ގިނަ ބައިއިލެކްޝަންތައް ކާމިޔާބު ކުރަމުންދަނީ ޕީއެންސީންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!