ޖިންސީ ބޭނުމަށް އެތެރެކުރާ މާމުއިގެ ބާވަތައް ރާއްޖެ އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މަނާކޮށްފި އެވެ.
ސޯޝަލް މީޑިއާގެ ޕްލެޓުފޯމްތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާ އެފަދަ މާމުއިގައި ޓަޑަލަފިލް އަދި ސިލްޑަނަފިލް ހިމެނޭ ކަމަށާއި އެފަދަ މާމުއި އެރެތެކުރުން މިއަދުން ފެށިގެނަ މަނާކަމަށް އެފްޑީއޭގެ އެލާޓްގައި ވެއެވެ.
މިދިޔައަހަރުގެ ސެޕްޓެމްބަރ މަހު އެ އޮތޯރިޓީން ވަނީ އެފަދަ މާމުއި ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އެފަދަ މާމުއި ވިއްކަމުންދާކަން ފާހަގަކުރެވެއެވެ.
ގުޅުންހުރި ލިޔުންތައް