ސުސްމީތާ ފިރިހެނަކާއި ނުލައި ތިން އަހަރު ހޭދަ ކޮށްފި
ދެންމެ | 22 ޖުލައި 2024

އެކްޓަރު އަދި ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން އަކީ އަބަދުވެސް އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން ވަރަށް އަޑުގަދަ ކުއްޖެކެވެ. އަނެއްކާވެސް ތާލީ އެކްޓަރު އޭނާގެ ގުޅުންތަކާ ބެހޭ ގޮތުން ރިއާ ޗަކްރަބަތީގެ ޝޯ ޗެޕްޓަރ 2 ގައި ހުޅުވާލިއިރު، ވާހަކަ ދެއްކުމުގެ ތެރޭގައި ސުޝްމީތާ ވަނީ މިވަގުތު ސިންގަލްކޮށް ހުރި ގޮތާއި މި ‘ބްރޭކް’ އަކީ ފުދޭވަރަކަށް ލޯބި ވަގުތެއް ކަމަށް ފާހަގަކޮށްފަ އެވެ.

ރިލޭޝަންޝިޕް ސްޓޭޓަސްއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސުޝްމިތާ ބުނީ “މިއަދު އަހަރެމެން މިތާ އިށީނދެގެން ތިބި އިރު އަހަރެންގެ ހަޔާތުގައި ފިރިހެނަކު ނެތް. އަހަރެން ސިންގަލް ވެފައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. ތިން އަހަރު، ސީދާ ބުނާނަމަ. އަހަރެން މިވަގުތު އެއްވެސް މީހަކަށް ޝައުގުވެރިކަމެއްވެސް ނެތް. އިޓްސް ލަވްލީ ޓު ޓޭކް އަ ބްރޭކް. ސަބަބަކީ އޭގެ ކުރިން އަހަރެން ރިލޭޝަންޝިޕްގައި އުޅުނުތާ ގާތްގަނޑަކަށް ފަސް އަހަރު ވެއްޖެ އަދި އެއީ ދިގު، ދިގު މުއްދަތެއް.” ސުސްމީތާ ބުންޏެވެ.

ސުޝްމިތާ ސެން މިވަގުތު ލޯބިވާން ނުބަލާކަން ސާފުކޮށްދިން ނަމަވެސް، ހިތްދަތި ކަންކަމާ މެދު އޭނާގެ ނަޒަރު ވެސް ހިއްސާކުރި އެވެ. “އަހަރެންގެ އުމުރުގައި މިހާރު ހިތްދަތި ވާހަކައެއް ނޫން. އަހަރެން އިންވެސްޓް ކުރަނީ ގުޅުމަކަށް: ލޯބި، އަޅާލުން، ހަކަތަ. އަދި އެންމެން ބައިވެރިވާތީ، އަޅުގަނޑަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދޭ. އެ މާހައުލުގައި އެއްވެސް ކަމެއް ވިހަ ވެއްޖެ ނަމަ އަހަރެންގެ ނަން ތިޔަބޭފުޅުންނަށް ނަގާލެވޭ ވަރަށް ވުރެ އަވަހަށް އަހަރެން ހިނގައިގަންނަނީ އަދި އަހަރެންނަށް އެ ނަން ގެއްލިގެން ނުދޭ.. އަހަރެންގެ ދުނިޔެ ބިނާވެފައިވަނީ އިތުބާރުގެ ވަށައިގެން.” ސުސްމީތާ ބުންޏެވެ.

ނޭނގޭ މީހުންނަށް ސުޝްމިތާ ސެން އުޅުނީ މޮޑެލް ރޯހްމާން ޝޯލް އާއި ދިގު މުއްދަތެއްގެ ގުޅުމެއްގަ އެވެ. ނަމަވެސް ދެމީހުން ވަކިވީ 2021 ވަނަ އަހަރުއެވެ. މިއަށްފަހު ކުޑަ ދުވަސްކޮޅަކަށް އެކްޓަރު އުޅުނީ ވިޔަފާރިވެރިޔާ ލަލިތު މޯދީއާ ރައްޓެހިވެގެން ކަމަށް ބެލެވެއެވެ. އެ ދެމީހުން ވަނީ ސޯޝަލް މީޑިއާގައި ލަވީ ޑޯވީގެ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. ނަމަވެސް މި މައްސަލަ ކުޑައިރުކޮޅެއްގެ ތެރޭގައި ފިޒްލް އައުޓް ވެގެން ދިޔައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!