ދަނބިދޫގެ އިންޓަރނެޓާއި ޓީވީގެ ވިއުގަ ފަންބޮނޑިން ގަނެފި
ދެންމެ | 26 ޖުލައި 2024

ދަނބިދޫގައި އިންޓަރނެޓާއި ޓީވީ ހިދުމަތްދޭ ފައިބަރ ނެޓް ވޯކް ފަންބޮނޑިން ގަނެފި އެވެ.

ފަންބޮނޑީގެ ސީއޯއޯ ފާތިމަތު އާސިޔާ ވިދާޅުވީ މިހާރު ވެސް ދަނބިދޫގައި މުއާސަލާތީ ހިދުމަތްދޭ ވިއުގަ އެކުންފުނިން ގަނެފައި ވަނީ މިމަހުގައި ކަމަށެވެ.

އާސިޔާ ވިދާޅުވީ ނެޓްވޯކްގެ ހިދުމަތް މިހާރަށް ވުރެ ތަރައްގީކޮށް އިތުރު ހިދުމަތްތައް ނެޓްވޯކް ބޭނުން ކުރާ ކަސްޓަމަރުން ފޯރުކޮށްދިނުމަކީ އެކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

“އަޅުގަނޑުމެންގެ އުންމީދަކީ ނެޓްވޯކް މެދުވެރިކޮށް އޫރީދޫ އާއި މީޑިޔާ ނެޓްގެ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް މިހާރަށް ވުރެ ރަގަޅު ހިދުމަތެއް ފޯރުކޮށްދިނުން.“ އާސިޔާ ވިދާޅުވި އެވެ.

ފަންބޮނޑި އަކީ މިހާރު ވެސް ރާއްޖޭގެ އެކިއެކި ރަށްރަށުގައި އެކުންފުނީގެ އޯޕަން އެކްސަސް ފައިބަރ ނެޓްވޯކް ގާއިމްކޮށް ޒަމާނީ ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.

މިކުންފުނިން އެންމެ ފުރަތަމަ މިފަދަ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ތ. އަތޮޅު ވިލުފުށީގަ އެވެ.

އޯޕަން އެކްސަސް އޯޕަން އެކްސަސް ނެޓްވޯކަކީ ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކުގައި ވެސް ބޭނުން ކުރާ އިންފްރާސްޓްރެކްޗަރ ވިއުގަ އެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!