ކަލާއަށް އެންމެ މީރު ދިވެހި ކެއުމަކީ ކޮބާ؟
ދެންމެ | 26 ޖުލައި 2024

ބަތާއި ގަރުދިޔަ ދިވެހިންނަށް މީރު ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް އަހަރެމެން ދިވެހިންގެ ޚާއްސަ ކެއުމަކީ ހަމައެކަނި ބަތާއި ގަރުދިޔައެއް ނޫނެވެ. ދިވެހިންގެ ”ކުޒީން“ އަކީ އެހެން ޤައުމުތަކާ އެއްވަރަށް އެހާމެ މުއްސަނދި ކުޒީން އެކެވެ.

މީގެ ތެރެއިން، ރާއްޖޭގެ އެކި ހިސާބުތަކަށް ޚާއްސަ ކާ އެއްޗެހި ހުރެއެވެ. އަދި އާންމުކޮށް ހުރިހާ ދިވެހިން ކާ އެއްޗެހި ވެސް، އެކި ހިސާބުތަކުގައި ކައްކާ ގޮތް ތަފާތެވެ. އެހެންކަމުން، ކޮންމެ އަތޮޅަކުން ތަފާތު މީރު ރަހައެއް ތަޖުރިބާކުރަން ލިބެއެވެ. ދިވެހިންގެ ކާއެއްޗެހި މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ކަނޑު/ފަރު މަހާއި ކާށިންނެވެ.

ދިވެހިގެން މީރު ރަހަތަކުގެ ތެރޭގައި ރިހާކުރު ދިޔަ، ވަޅޯމަހު ރިހަ، ކަނޑުކުކުޅު، ޓޮމާޓޯ ބަތް، ކުޅިމަސް، މަސްހުނި މިއީ އަދި މަދު ނަންތަކެކެވެ. ދިވެހިންގެ އާދަކާދައާ އެއްވަރަށް މުއްސަނދި ކާއެއްޗިއްސަކީ، ކޮންމެ ދިވެއްސެއްގެ ވެސް ”ކޮމްފޮރޓް ފުޑް“ އެވެ. މާނައަކީ، ކޮންމެ ވަގުތަކަށް އަދި މޫޑަކަށް ވެސް ހެޔޮވަރު ވާހަކައެވެ.

ގަރުދިޔައާއި ބަތުގެ ބަހުސް އެއްފަރާތް ކޮށްލާފައި، ތިބާއަށް އެންމެ މީރު ދިވެހި ކެއުމަކީ ކޮބާކަން އަޅެ ބުނެބަލާށެވެ؟

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!