ރައީސްގެ އަމުރަށް، ރައީސް އޮފީހުގައި އެދިފައިވާ ހުރިހާ މައުލޫމާތެއް ދީފި
ދެންމެ | 27 ޖުލައި 2024

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ތަކަށް ޖަވާބު ދީފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް، އެހެން ވިދާޅުވީ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޖަވާބުނުދޭ އެއްވެސް އާރްޓީއައި އެއް މިހާރު ނޯއްނާނެ ކަމަށެވެ.

”ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް, ރައީސް އޮފީސް ވެސް ހިމެނޭހެން. ނޯންނާނެ އެންމެ އާރްޓީއައި އެއްވެސް ޖަވާބު ނުދީ. ހުރިހާ އާރްޓީއައި އަކަށް ޖަވާބުދީފިން،“ ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގިނަ އާރްޓީއައި ހުށަހަޅަނީ ސިޔާސީ ބޭނުމުގައި ކަމަށެވެ. އެކަމަކު ކޮންމެ ގޮތަކަށް ސުވާލު ހުށަޙެޅިޔަސް އެއްވެސް ޖެހިލުމެއް ނެތި ޖަވާބު ދެއްވާނެ ކަމަށެވެ. ދެއްވި ޔަގީންކަމަކީ މީގެ ފަހުން ވެސް ޖަވާބު ދެއްވާނެކަމެވެ.

ހުރިހާ އާރްޓީއައިތަށް ޖަވާބު ދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ގާނޫނު ގައި ކަނޑައެޅިފައިވާ މުއްދަތަށް މައުލޫމާތުނުދެވޭ ކަމުގެ ޝަކުވާ މިދިޔަ ދެ ސަރުކާރާ މި ސަރުކާރުގެ ކުރީކޮޅުގައި އޮތެވެ. އެކަމަކު މައުލޫމާތުތައް ހާމަކުރައްވަމުންދާނެ ކަމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!