ފިރިމީހާއަށް ކާއެތިކޮޅު ދެނީވެސް ޅަދޮޅު ބިދޭސީއެއް، އަނބިމީހާ އޮންނަނީ ކަސޯޓީ ބަލަން: މެންބަރު ޝަރީފް
ދެންމެ | 29 ޖުލައި 2024
ފިރިމީހާއަށް ކާއެތިކޮޅު ދެނީވެސް ބިދޭސީއެއްކަމަށާއި، އަނބިމީހާ އޮންނަނީ ގޭގައި ކަސޯޓީ ބަލަން ކަމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅިގެން ބަހުސް މަރުހަލާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ވަނީ ވިދާޅުވެފައެވެ.

މެންބަރު ޝަރީފު މިހެން ވިދާޅުވެފައިވަނީ، ސަރުކާރުގެ ފަރާތުން ކުޅުދޫފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ ތެރެއިންނެވެ.

ޝަރީފް ވިދާޅުވީ، މަސްވެރިކަމަށް ބެލިއަސް ތިބެނީ ބިދޭސީންކަމަށާއި، ކަންމަތީ ފިހާރައަަކަށް ބެލިއަސް ބިދޭސީންކަމަށާއިް، ސައި ހޮޓަލަކަށް ބެލިއަސްް، އަދި  ކޭޝިޔަރަކަށް ބެލިއަސް މިގޮތަަށް ގޮސް ގޭގައި ކައްކާ ކާއެތިކޮޅު ފޯރުކޮށްދިނުމަށް ވެސް އަނބިމީހާގެ ބަދަލުގައި މިހާރު ހުރީ ބިދޭސީންކަމަށެވެ.

” އަނބިމީހާ އޮންނަނީ ގޭގެ ރީތިކޮށް ދެފައި، ދަމާލައިގެން، އޭނަ އިންނަނީ ގޭގަ ކޮންމެވެސް ކަސޯޓީއެއް އެއްޗެއް ބައްލަވަން، އަޅުގަނޑުމެން ފިރިމީހާ ގެއަށް ދާއިރުގަ ކާއެތިކޮޅު ފޯރުކޮށްދޭންވެސް މިހާރު ބިދޭސީއެއް، މަޖާތަންކޮޅަކީވެސް ހުންނަނީ ބިދޭސީ ފިރެހެނެއް”

މީގެއިތުރުން ޝަރީފް ވިދާޅުވީ، ބިދޭސީން މިހާރު ކައްކަން ވެސް ވަންނަ ހިސާބަށް ކަންތައް ގޮސްފި ކަމަށެވެ.

ބިދޭސީންގެ މައްސަލައަށް ދިވެހިން ކަންބޮޑުވާން ޖެހޭކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ދިމާލެއްގައވެސްި ބިދޭސީން މިހާރުތިބީ އަތްގަދަވެފައި ކަމަށެވެ.

މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރައްވާނެ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށްޓަކައި ދާހިލީ ވަޒީރު ކުރައްވަމުން ގެންދާ މަސައްކަތަކީ ސެލިއުޓު ހައްގު މަސައްކަތްތަކެއް ކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން ގައުމު އިސްލާހީ މަގަށް ގެންދިޔުމަށް ކުރައްވާ މަސައްކަތްތަކަކީވެސް ޝުކުރު ހައްގު މަސައްކަތްތަކެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!