ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފިއެވެ.
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ އިރާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިއްޔާ ހުންނަވާ ގެކޮޅަށް ދީފައިވާ ހަމަލާއެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހަމަލާގައި ހަނިއްޔާގެ އިތުރުން އޭނާގެ އަރިސް ބޮޑީގާޑެއްވެސް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އިސްލާމިކް ރިވޮލިއުޝިނަރީ ގާޑުން ވަނީ ބުދަ ދުވަހު ހެނދުނު އިރާނުގެ ވެރިރަށް ތެހެރާންގައި ހަނިއްޔާއަށް ހަމަލާދީ އަވަހާރަކޮށްލާފައިވާ ކަން ކަށަވަރުކޮށްދީފައި ކަމަށް ނޫސްތަކުން ރިޕޯޓު ކުރެއެވެ.
އިރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަލަސްތީނުގެ ވަފުދެއް އިރާނަށް ވަނީ ދަތުރުކޮށްފައެވެ. އެ ވަފުދުގައި ފަލަސްތީނުގެ އިސް ލީޑަރުން ހިމެނިވަޑައިގަންނަވާ ކަމަށް އޮފިޝަލުން ބުނެއެވެ.