ކުރީ ސަރުކާރުގެ އަމުރަށް، މީޑިޔާ ކައުންސިލްގެ މެންޑޭޓުން ބޭރުން ’ދެންމެ‘ ބުލޮކް ކުރަން އަންގައިފި
ދެންމެ | 01 އޯގަސްޓް 2024

މީޑިޔާ ކައުންސިލަށް ގާނޫނުން ލިބިދޭ ބާރުގެ ބޭރުން އުސޫލެއް ހަމައެއް ލަމައެއް ނެތި ’ދެންމެ‘ ބުލޮކް ކުރަން ކަމާއި ގުޅޭ މުއައްސަސާތަކަށް އަންގައިފި އެވެ.

އެކައުންސިލުން އިސްނަނގައިގެން ބެލި ކަމަށް ބުނާ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް މިއަދު ވަނީ އާއްމުކޮށްފައެވެ.

އެންމެ އަށް މީޑިޔާ ކައުންސިލުން އެއްވެސް އެންގުމެއް އަންގާފައި ނުވާއިރު އެރިޕޯޓްގައި ބުނެފައި ވަނީ ’ދެންމެ‘ ގައި ސާއިރު ކުރާ އާއްމް އިޖްތިމާއީ މިންގަނޑާއި ހިލާފް ހަބަރުތައް ނުފެތުރުމަށް އަންގާފައިވާ ކަމަށެވެ.

ރޯބުހުތާނު ދޮގާއި އޮޅުވާލުމުގެ މައްޗައް މީޑިޔާ ކައުންސިލުން ކުރީގެ ސަރުކާރުން އަމުރަށް މީޑިޔާ ކައުންސިލުން ބެލި މިމައްސަލަ އެކައުންސިލުން ބަލާފައި ވަނީ މެންޑޭޓުން ބޭރުންނެވެ.

ދެންމެ އަކީ ރައީސް އިބުރޭގެ ސިޔާސަތުތަކަށް އިންތިހާއަށް ފާޑުކިޔައި އެ ސަރުކާރުގެ ވައްކަމާއި ކަރަޕްޝަންގެ އަމަލްތައް އާއްމްކޮށް ހަބަރު ފަތުރާ ވަސީލަތެކެވެ.

މީޑިޔާ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު އެކައުންސިލަކީ އެއްވެސް އާރެއް ބާރެއް ގާނޫނުން ލިބިދީފައިވާ ވުޒާރާއެއް ނޫނެވެ. މިހާރު ވެސް އެވުޒާރާ އުވާލުމަށް މީޑިޔާގެ ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަނގައިގެން ތިބޭ މީޑިޔާ ކައުންސިލްގެ މެމްބަރުންނަކީ އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!