ރައީސް ޔާމިންގެ ލަދުހަޔާތް ނެތީމަ ވަރަށް ދެރަ: ސުޖާޢު
ދެންމެ | 03 އޯގަސްޓް 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފެންވަރު ދަށުދަރަޖައަކަށް ދިޔުމަކީ ލަދުވެތި ކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ގުޅުވައިގެން ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ދެއްކެވި ޒާތީ ވާހަކަތަކަކަށް ޔާމީން ހިތްވަރު ދެއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ ޔާމީންގެ ފެންވަރު މިހާ ދަށުދަރަޖައަށް ދިއުމަކީ ލަދުވެތި ކަމެއް ކަމަށާއި މިއަށް ކިޔަނީ ޒާތީވުން ކަމަށެވެ. އަދި ޕީއެންސީން އިދިކޮޅުގައި ތިބިއިރު އެމްޑީޕީން ޔާމީންގެ ޒާތީ ކަންކަމާ ނުބެހޭ ވަރަށް ރައީސް މުއިއްޒުގެ ޒާތީ ދިރިއުޅުމާ ޔާމީން ބެހި މަލާމާތް ކުރުމުން އެވެއްޓެނީ ތިމާގެ އަގު ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ޤައުމުގެ އިޖުތިމާއީ ފޭރާން ވީދި، އެކަކު އަނެކަކަށް ކުރާ އިޚްތިރާމާއި ގަދަރު ނެތިދަނީ ވެރިކަން ކޮށްފައި ތިއްބަވާ ބޭފެޅުން އެކަމަށް ދަހިވެތިވެފައިވާ މިންވަރު ބޮޑުކަމުން ކަމަށް ގިނަ ރައްޔިތުން ދެކޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ޒާތީ ވާހަކަ ނުދައްކާ ކެރިގެން ސިޔާސަތައް ފާޑުކިޔަން ވެސް ނުކުރޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

”ސިޔާސަތަށް ފާޑު ކިޔޭކަށް ނެތް. ހަދަން ޖެހެނީ ހުސް ދޮގު. ވެރިކަން ގެއްލުނީ ތެދަށް ވުރެ ދޮގު ހެދޭލެއް ބޮޑުވީމަ ކަމަށް މިހާރު ޤަބޫލުކުރެވޭ،“ ޝުޖާއު ވިދާޅުވި އެވެ.

ޕީއެންއެފް އިން ކޮންމެ ހަފްތާއަކު ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާތަކުގައި ޔާމީން ގެންދަވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!