ރަޖިސްޓަރ ކޮށްފައިވާ ބުޅާތަކުގެ ކަރުގައިވާ މުދި ނުނެގުމަށް އެދެފި
ދެންމެ | 04 އޯގަސްޓް 2024

މާލޭގައި އުޅޭ ބުޅާތައް ރަޖިސްޓްރީ ކުރުމަށް ކުރިއަށް ގެންދާ ކަރަކާތުގެ ތެރެއިން، މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ ބުޅާތަކުގެ ކަރުގައި އަޅުވާފައިވާ ކޮލަރ ނުނެގުމަށް އެ ޕްރޮގްރާމް ހިންގާ، ފީލައިން ވެލްފެއާ އޮގަނައިޒޭޝަން އިން އެދެފިއެވެ.

އެ އޯގަނައިޒޭޝަނުން ބުނީ، މަގުމަތީގައި އުޅޭ ބުޅާތަކުގެ ތެރެއިން ”އެފްޑަބްލިއުއޯ“ ޖަހާފައިވާ ޕޭންޑޭންޓެއް ނުވަތަ ކޮލަރ އެއް އަޅުވާފައިވާ ބުޅަލެއް ފެނިއްޖެ ނަމަ އެއީ ފަރުވާދީ، އެ އޯގަނައިޒޭޝަނުން ރަޖިސްޓްރީ ކޮށްފައިވާ ބުޅަލެއް ކަމަށެވެ.

ފީލައިން ވެލްފެއާއިން ވަނީ އެ ބުޅާތަކުގެ ކަރުގައިވާ ކޮލަރ ނުނެގުމަށާއި، އަދިވެސް ގިނަ ބުޅާތަކެއްގެ ފރުވާ ކުރިއަށްދާތީ އެއްވެސް ވައްތަރެއްގެ ބޭހެއް މި ބުޅާތަކަށް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

ހަމައެކަނި ބުޅަލަށް ޖެހޭ ބައްޔެއް މިދުވަސްކޮޅު ބުޅާތަކުގެ މެދުގައި ފެތުރެމުންދާއިރު، ބަލިން ސަލާމަތް ކުރުމަށް ބުޅާތަކަށް ބޭސްދީ އަދި ބުޅާތައް ރަޖިސްޓްރީ ކުރަން ފަށާފައިވަނީ މިިދިޔަ މަހުގެ ތެރޭގައެވެ.

މިއީ ހަމައެކަނި ބުޅަލުގެ މެދުގައި ފެތުރުނު ނަމަވެސް ނުރައްކާތެރި ބައްޔަކަށްވި ނަމަވެސް، އެ އޯގަނައިޒޭޝަނުން ވަނީ މި ދުވަސްވަރު ބުޅަލަށް ކާން ނުދިނުމާއި، ބޭސް ނުދިނުމަށާއި، ބުޅަލެއްގައި އަތްލައިފި ނަމަ، ރަނގަޅަށް އަތްދޮވުމަށް އިލްތިމާސް ކޮށްފައެވެ.

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ ’ޕެޓް ކެއަރ ފެސިލިޓީ’އެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ހުޅުމާލެ ފަރުކޮޅުފުށީގައި ފަށާފައިވާއިރު، ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ވަޒީރު ރަމީލާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!