ވިލާ ކޮލެޖްގެ ސަރަފްވެރި މެހްމާނަކަށް އަދުރޭ ދިއުމުން މަލީހް ސިހިއްޖެ
ދެންމެ | 06 އޯގަސްޓް 2024
ދާދި ފަހުން ވިލާ ކޮލެޖްގައި އޮތް ޖަލްސާއެއް ޝަރަފްވެރިކުރުވުމަށް މަޖިލިސް ރައީސް އަދުރޭ ގެންދިޔުމުން އެއީ ހަޑިހުތުރު ކަމެއްގެ ގޮތުގައި ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސިފަކުރައްވައިފިއެވެ.

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފްގެ ފަރާތުން ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހް ވިދާޅުވީ މި ސަރުކާރުން ނަމެެއްގައި ރިސާޗް ޓީމެއް ހަދައިގެން އުޅޭކަމަށެވެ. އަދި މި ރިސާޗް ޓީމްގައި އިސްވެ ހުންނަވަނީ މަޖިލިސް ރައީސް އަދުރޭ ކަމަށެވެ.

 

ރިސާޗް ކުރިޔަށް ގެންދަވާލެއް މޮޅުކަމުން މިހާރު ވިލާ ކޮލެޖަށް ހަޔަރ ކޮށް، ދާދި ފަހުން އޮތް ޖަލްސާއެއް ޝަރަފްވެރިކޮށްދެެވުމަށް ވެސް ގެންދެވި. މިއީ ހަޑިހުތުރު ކަންކަން.

– މަލީހް ވިދާޅުވިއެވެ.

މަލީހް ވާހަކަ ދައްކަވަމުން ވިދާޅުވީ އަދުރޭ އަކީ ތަނެެއް ދޮރެއް ނުދަންނަ، އުޑެއް ބުޑެއް ނޭނގޭ ފަރާތެއް ކަމަށާއި އެފަދަ ފަރާތެއް ތައުލީމީ މުއައްސަސާއެއްގެ އެންމެ މުހިންމު ޕޯޑިއަމްގެ ކުރިމައްޗައް ރިސާޗަކީ ކޯއްޗެއްކަން ނޭނގޭއިރު އެރުވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!