ސެއިހް ހަސީނާގެ ގަނޑުވަރަށް ވަދެ، ބުރިސިޔަރުތައް ވެސް އަތުލައިގެންފި
ދެންމެ | 06 އޯގަސްޓް 2024

ބަގުލަދޭސްގެ ކުރީގެ ބޮޑުވަޒީރު ސެއިހް ހަސީނާގެ ގަނޑުވަރަށް މުޒާހަރާގެ ބައިވެރިން ވަދެ، ބުރިސިޔަރުތައް ވެސް އަތުލައިގެންފި އެވެ.

އާއްމްވެފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ބޮޑެތި ބުރިސިޔަރުތަކެއް އަތަށް އަޅައިގެން ނިކުމެ ދެއަތަށް ދަމާފަ އެވެ.

ވީޑިޔޯ އިން ފެންނަ ގޮތުގައި ބުރުސިޔަރުތައް ހިފައިން އުޅޭ މީހާއަށް ތާއީދު ބޮޑުވެ މުޒާހަރާގެ ބައިވެރިން ވަނީ އޭނާ އަތްތައް މަތީ އުފުލާލާފަ އެވެ.

އާއްމްވަމުންދާ ވީޑިޔޯތަކުން ފެންނަ ގޮތުގައި ގަނޑުވަރުން މުޒާހަރާގެ ބައިވެރިން އެތައް އެއްޗެހިތަކެއް ލޫޓުވާލާފަ އެވެ.

މި މުޒާހަރާތައް ހުއްޓުވުމަށް މިހާރު އިސްތިއުފާ ދީފައިވާ ހަސީނާގެ ސަރުކާރުން ވަނީ ދަރިވަރުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ނެރެ މަދުވެގެން 300 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. ހަސީނާއަށް ތާއީދު ކުރާ އެ ގައުމުގެ ގޭންގުތަކުން ވެސް ވަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ތެދުވެފަ އެވެ.

މިވަގުތު ވެސް މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ކަމަށްވެ އެވެ. މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މުޒާހަރަކުރާ ދަރިވަރުންނާ މަޝްވަރާކުރުމަށް ޝައިހު ހަސީނާގެ ސަރުކާރުން ހުށަހެޅުމުން މުޒާހަރާގެ ބައިވެރިން ވަނީ ހަސީނާ އިސްތިއުފާ ނުދެއްވަނީސް މަޝްވަރާ ކުރުމަށް ދެކޮޅު ހަދާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!