އެޗްއާރުސީއެމުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް މުޒާހަރާ ކުރި ބިދޭސީން ޑީޕޯޓް ކުރާނަން: މިނިސްޓްރީ
ދެންމެ | 06 އޯގަސްޓް 2024

ބަނގުލަދޭޝްގައި ކުރިއަށް ދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެ މުޒާހަރާތަކަށް ތާއިދުކޮށް ގދ. ތިނަދޫގައި މުޒާހަރާކުރި މީހުން ޑީޕޯޓްކުރާނެ ކަމުގެ ޔަގީންކަން ދީފި އެވެ.

ޑީޕޯޓްކުރަން ނިންމީ އެ މުޒާހަރާ ރޭވުމުގައި އުޅުނު ފަރާތްތަކެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް އޮތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް ހޯމް މިނިސްޓްރީން ބުނީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އަދި އެއީ ވިސާއާ ހިލާފުވުން ކަމަށެވެ.

އެހެންވެ އެޗްއާރުސީއެމާއި ޓްރާންސްޕޭރަންސީން ކަންބޮޑުވުން ފާޅުކުރިނަމަވެސް އެ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އަދި އެއީ ވިސާއާ ހިލާފުވުން ކަމަށެވެ.

ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުގުރާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކޮށް ފުރުވާލެވޭނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!