މާލޭގައި ބާވެފައިވާ އިމާރާތްތަކެއް ތަޅައި ތިރިކޮށްލަން ނިންމައިފި
ދެންމެ | 07 އޯގަސްޓް 2024

މާލޭގައި ބާވެފައިހުރި އިމާރާތްތައް ތަޅާ ބިން ސާފުކުރުމަށް ކަމާއި ގުޅޭ އިދާރާތަކުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަނާއި އެމްޓީސީސީގެ އިތުރުން ވެމްކޯ ދެމެދުއެވެ.

ސިޓީތަކާއި ބޭހޭ މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގައި ވާހަކަ ދެކެވުނީ މާލޭގައި ބާވެފައި ހުރި 4 ބުރީގެ ޢިމާރާތަކާއި، 6 ބުރީގެ ޢިމާރާތެއް ތަޅައިލުމާއި އެ ބިން ސާފުކުރުމާއި ގުޅޭ ގޮތުންްކަމަށެވެ.

ބައު އިމާރާތްތައް ތަޅާލުމާއި ގުޅޭގޮތުން ބޭއްވި މަޝްޗަރާތަކުގެ ތެރެއިން މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް

މާލޭގައި ބާވެ ބޮލަށް ވެއްޓޭވަރު ތަޅާލަން ޖެހޭ 15 ވަރަކަށް އިމާރާތްހުރިކަމަށް ކަމާއި ގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ.

މާލޭ މިގޮތަށް ގިނަ ދުވަސް ބާވެފައިވާ ބައިވަރު އިމާރާތްތައް އެބަހުއްޓެވެ، އަދި މި ފަދަ އިމާރާތްތަކުން ބައިބައި ވެއްޓީ މަގުމަތިން ދިޔަ މީހުންނަށް އަނިޔާވެ ބައެއް އުޅަނދުތަކަށް ގެއްލުން ލިބުނު ހަދިސާތައްވެސް އަންނަނީ ހިންގަމުންނެވެ.

ބައެއް އިމާރާތްތައް ބާވެ ވެރިން ދޫކޮށްލާފައި ހުރުމުން އެތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ބައެއް އަމަލުތައްވެސް އަންނަނީ ހިންގަމުންނެވެ. ދާދި ފަހުން މާލޭގައި ހިނގި އަލުފާނުގެ ބައެއް ހާދިސާތައް ހިންގާފައިވަނީ މި ގޮތަށް ބާވެ ދޫކޮށްލާފައި ހުރި ތަންތަނުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!