އާސަންދައިން މިއަހަރު 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފި
ދެންމެ | 08 އޯގަސްޓް 2024

އާސަންދައިން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

އާސަންދައިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި 823 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ފުރަތަމަ ކުޢާޓާގައި މިއަދަދު ހުރީ 838 މިލިއަންގައެވެ.

އާސަންދައިން ބުނީ އަހަރުގެ ދެވަނަ ކުއާޓާއި އެ ސްކީމުން 265،059 މީހުން ހިދުމަތް ހޯދާފައިވާކަމަށެވެ. އަދި ދެވަނަ ކުޢާޓާގައި އިމެޖެންސީގައި ބަލި މީހުން އުފުލި އަދަދަކީ 1232 ކަމަށެވެ.

ދެވަނަ ކުއާޓާގައި އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރު ބޭސް ފަރުވާކުރި އަދަދު 2807 އަރާކަމަށެވެ.

ރާއްޖޭގައި އާސަންދައިގެ ހިދުމަތް ދޭ ސަރުކާރު ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކުގެ އަދަދަކީ 193 އެވެ. އަމިއްލަ ހޮސްޕިޓާތަކާއި ކްލިނިކްތައް ހިމެނޭ ގޮތަށް 141 ތަނަކުން އާސަންދައިން ހިދުމަތް ދެއެވެ. ރާއްޖެއިން ބޭރުން އާސަންދަ ލިބޭ ތަންތަނުގެ އަދަދު 61 އަރައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!