ސަރުކާރު ވަޒީފާތަކުން ރައްޔިތުން ވަކި ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
ދެންމެ | 09 އޯގަސްޓް 2024

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ ގިނަ ރަތްޔިތުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިކުރަމުންދާތީ އެކަން އެއްމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށް، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި އެމްޑީޕީ އިން ބަޔާނެއް ނެރެފިއެވެ.

އެމްޑީޕީ އިން ނެރުނު ބަޔާނުގައިވަނީ ރައީސް ޑޮކްޓަރު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރަށްރަށުގެ ރަތްޔިތުންނާ ބައްދަލުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެއްވެސް މުވައްޒަފަކު ވަކިނުކުރާނެކަމަށްބުނެ އެކަމުގެ ޔަގީންކަން ތަކުރާރުކޮށް އެތައްފަހަރަކު ރަތްޔިތުންނަށް ދީފައިވާކަމަށާއި، އިގްތިސާދީގޮތުން ދަތި ދަނޑިވަޅެއްގައި އެތައްއާއިލާތަކަކަށް ލިބެމުންދިޔަ އާއްމުދަނީ ހުއްޓުވާލައި އެއާއިލާތައް ޙާލުގައި ޖެއްސުމަކީ އެޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، ކުންފުނިތަކުގައި ކުރިން ނެތް އެތައް ސީނިއާ ގިނަ މަގާމުތަކެއް އުފައްދައި ގިނަ އަދަދަކަށް ސިޔާސީމަގާމުތައް އުފައްދަވާކަންވެސް އެބަޔާނުގައިފާހަގަކޮސްފައެވެއެވެ.

އޭގެ އިތުރުން ފައިވާތީއާއި ރިޔާސީ އިންތިހާބުގެ ވައުދާ އެއްގޮތައް މަހުގެ އަގު 20 ރުފިޔާއށް ހެދުމާއި އެކަނިވެރިމައިންގެ އެލަވަންސް 12000 ރުރިޔާއަށް ހެދުމާއި، ސިޔާސީ މަގާމުތައް 700 އަށްވުރެ ގިނަ ނުކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް އަމަލުކުރުމަށްވެސް އެބަޔާނުގައި ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!