މަސައްކަތް ކުރާ ފިހާރައިގެ ލާރިކޮޅު ކަޓުވާލި ބޮންދަކު ހައްޔަރު ކޮށްފި
ދެންމެ | 09 އޯގަސްޓް 2024

މަސައްކަތް ކުރާ ފިހާރައިން ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސަހީދުލް އިސްލާމް ކިޔާ ބަނގުލަދޭޝްގެ ފިރިހެނެކެވެ.

ބަންދު އަމުރުގައި ބުނީ އޭނާއަށް އެކަށީގެންވާ ވަރަށް ތުހުމަތުކުރެވޭ ވަރަށް ވީޑިއޯ ސްނެޕްޝޮޓާއި ފުލުހުންގެ ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ.

މި ވައްކަމުގައި ބިދޭސީ މީހާ ނެގި ކަމަށް ވަނީ 15،000ރުފިޔާ އެވެ.

އޭނާ ސްޕޮންސާކޮށްގެން އުޅޭ ފަރާތުގެ ދަށުން އިތުރަށް މަސައްކަތް ކުރެވޭނެ ކަމަށް ނުފެންނާތީއާއެކު އަދި ވިސާގެ ދަށުން އެހެން ތަނެއްގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތުވެސް ނޯންނާނެތީއާއެކު އޭނާ މުޖުތަމައަށް ދޫކޮށްލައިފިނަމަ ފިލުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބަލައި ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހަށް ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!