ހަސަދަވެރިކަމުން އެކުވެރިކަމާއި ލޯބި ނެތިކޮށްލާ!
ދެންމެ | 11 އޯގަސްޓް 2024

އަނެކުންއަށް ލިބޭ ކާމިޔާބީއަށް ހަސަދަވެރިވާ މީހުން އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ވެސް ގިނައެވެ. އޭގެ ނަތީޖާ އަކަށް ވަނީ ދުވަސްވީ ގާތް ރަހުމަތްތެރިކަންވެސް ނެތިކޮށްލާ އެއްޗަކަށެވެ.

ހަސަދަވެރިވުމާއި މީހުންގެ ވާހަކަ އެހެން މީހުން ކައިރީ ދައްކަމުން ދުވާ މީހުން އަށް އެއީ ކިހާވަރެއްގެ ކަމެއްކަން ނޭނގެނީބާއެވެ. އެނެކުން ނެތްތަނެއްގައި ދައްކާ ވާހަކީ ހައްޤުތެދުކަމުގައި ވިއަސް އެކަން ވެސް ހިމެނެނީ ދެބައޮޑުވުމުގެ ތެރޭގައެވެ.

ގިނަ ފަހަރަށް އަނެކުންގެ ވާހަކަ ދައްކަނީ އެކަމުގެ ސަބަބުން އަތުވެދާނެ ގެއްލުމަކަށް ބަލާފައެއް ނޫނެވެ. ނަމަވެސް ގިނަ ފަހަރަށް އެކަމުގެ ސަބަބުން ފިތުނަ ފަސާދަަ ދަނީ އުފެދެމުންނެވެ. ގިނަ މީހުންނަށް ހީވަނީ އަނެކުންއަށް ލިބޭ ކުރި އެރުމާާާއި ކާމިޔާބީ އަކީ އެމީހުން އަށް ލިބޭ ނާކާމިޔާބެއް ކަމަށެވެ. އެންމެ ކައިރީގައި އުޅޭ އެކުވެރިޔާއަށް ލިބޭ ކުރި އެރުމުގައިވެސް ހަސަދަވެރިވާ މީހުން އެހާމެ ގިނައެވެ.ހިތާމަ އަކީ ކަމެއް ކާމިޔާބު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އަނެއް މީހާ އަށް ކުރިއެރުން ލިބުމުން އެކަމާ މާޔޫސްވެ، ހަސަދަވެރިވާ މީހުން ގިނަވުމެވެ. އޭގެ ނަތީޖާއަކަށް ވަނީ ތިމާ އަށް އެއްވެސް ގޮތަކުން ކުރިއަށް ނުދެވި މީހުންގެ ތެރޭގައި ފަޞީޙަތްވުމެވެ. ދެމީހަކު އެއްތަން ވެއްޖެނަމަ ކޮންމެސް މީހެއްގެ ވާހަކަ ދެއްކުމުގައި އެތައް ވަގުތެއް ހޭދަ ކުރާ މީހުންވެސް މަދެއް ނޫނެވެ.

މިކަމުގައި އުޅެނީ އަންެނުންނޭ ބުނެ ނިންމާލެވޭކަަށްނެތެވެ. އެތައް ފިރިހެނުންއެއް ދުވާލު ދެދަޅައަށް އަރާ ކޮފީ ތަކުގައި އަބަދުވެސް ކޮންމެވެސް މީހެއްގެ ވާހަކައެއް އޮންނަނީ ދެއްކިފައެވެ.

މިކަމުގެ ސަބަބުން މުޖުތަމައުގައި އަދާވާތްތެރިން ގިނަވެ، ގާތް ރަހުމަތްތެރިން ގެއްލި، އާއިލީ ގުޅުންތަކަށް ނޭދެވޭ އެތައް އަސަރެއްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!