ކުށްވެރިޔާ ދިފާއުކުރުން ހުއްޓާލަން ޖެހޭ: މިނިސްޓަރ އިހްސާން
ދެންމެ | 11 އޯގަސްޓް 2024

ކުށެއް ކުރުމުން އެ ފަދަ ފަރާތަކާ މެދު ގާނޫނު ތަންފީޒުކުރަން މަސައްކަތްކުރުމުން އެ ބައެއްގެ ދިފާއުގައި ހިމާޔަތްދޭން މަސައްކަތްކުރާކުރުމަށް ނިމުން ގެންނަންޖެހޭކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްކާ ރޯޑް ޝޯއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާއެއްގައެވެ.

ގާނޫނު ތަންފީޒުކުރުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ގާނޫނު ނެގެހެއްޓުމުގެ މަސައްކަތުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެކަން ގަބޫލުކުރަންވާނެ ކަމަށެވެ.

އަދި އެއިން ކޮންމެ މަސައްކަތަކީ ގާނޫނާ ބަޔަކު ޚިލާފުވާތީ ކުރާ ކަމެއްކަމަށް ވެސް ގަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެއާއެކު މިނިސްޓަރު ވިދާޅުވީ ގާނޫނާ ޚިލާފުވާ ކުދިންނަށް ނުވަތަ މީހުންނަށް ފިޔަވަޅުތަކެއް ނޭޅި އެ ބަޔަކު އިސްލާހުނުކުރެވޭނެކަން ވެސް ގަބޫލުކުރަން ޖެހޭކަމަށެވެ.

”ނުކިއްސަރު މަގަކުން ދާ ކުއްޖާއަށް އެ ކުއްޖާއަށް ޕްރޮޓެކްޝަން ދޭން އެ ކުއްޖާ އިތުރަށް ރައްކާތެރިކުރުމުގެ ނިޔަތުގައި އަޅުގަނޑުމެންނަށް ގިނަ ފަހަރު މި ކުރެވޭ މަސައްކަތަކީ އެ ކުއްޖާ ގޯހުގެ ތެރޭ އިތުރަށް ޕުޝްކުރުން. މި ސަގާފަތް އަޅުގަނޑުމެން އިތުރަށް ބަދަލުކުރަންޖެހޭ،“ އިހުސާން ވިދާޅުވިއެވެ.

ނަމަވެސް ގިނަފަހަރު އެ ފަދަ މީހަކު ހިމާޔަތްކުރުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ސަބަބުން ހިތްވަރު ދެވެނީ އެ ކުށަށް އިތުރަށް އަރައިގަތުމަށްކަމަށް އިހުސާން ވިދާޅުވިއެވެ.

މުޖުތަމައުއަށް އަމާންކަން ބޭނުންވާނަމަ ބައެއް ކަންކަން ދޫކުރަންޖެހޭ ކަމަށާއި އޭގެ ތެރޭގައި ބައެއް ގަބޫލުކުރުންތައް ހިމެނޭކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެ ކަން ބަދަލުކުރުމަށް ޓަަކައި އެންމެން އެކީ މަސައްކަތްކޮށްފިނަމަ އަމާންކަން ގައުމަށް އިއާދަވާނެކަމަށެވެ.

އޭގެ އެއް ކަމަކީ ކުށްކުރާ މީހުންނަށް އަދަބު ދިނުމަކީ ބައެއްގެ ހައްގު ނިގުޅައިގަތުން ނޫންކަން ގަބޫލުކުރުންކަމަށް މިިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!