އަބަދު ފިނި ބޮޑުވެފައި ތި ހުންނަނީ ކީއްވެ ތަ!
ދެންމެ | 12 އޯގަސްޓް 2024

ހަށިގަނޑު އަބަދުވެސް ފިނިވެފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭތަ؟ މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ކިތަންމެ ހޫނު ދުވަހެއް ނަމަވެސް، އެފަދަ މީހުންގެ ފައި ފިނިވެ، އަތް ފިނިވެ، ބައެއް ފަހަރު މުޅި ހަށިގަނޑުވެސް ފިނިވެފައި ހުރެއެވެ. މިކަން މިހެން ވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބު ހުރެއެވެ. އެގޮތުން މި ހިމަނާލަނީ ހަށިގަނޑު އަބަދު ފިނިވެފައި ހުރުމަށް މެދުވެރިވާ ބައެއް ސަބަބު ތަކެވެ.

 

މީހާގެ ހަށިގަނޑު ގުދުރަތީ ގޮތުންވެސް ފިނިވުން:

ބައެއް މީހުންނަކީ ގުދުރަތީގޮތުންވެސް ފިނިވާ މީހުންނެވެ. މިފަދަ މީހުންގެ ހަށިގަނޑު އަބަދު ފިނިވެފައި ހުންނަނީ އެއްވެސް ސިއްހީ މައްސަލައެއްގެ ސަބަބުން ނޫން ކަމަށް ޑޮކްޓަރުން ބުނެއެވެ. ބައެއް ހާލަތްތަކުގައި ހަށިގަނޑުގައި މަސްޖަހާފައި ހުންނަ ވަރު މަދު ވުމުންވެސް ފިނިވެދާނެއެވެ.

 

ހަމަ ނިދި ނުލިބުން:

މީހާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބޭނަމަވެސް ހަށިގަނޑު ފިނި ވެދާނެއެވެ. ހަށިގަނޑުގެ ނިދި ދައުރުވާ ނިޒާމު ބަލަހައްޓައިދެނީ ”ސާކޭޑިއަމް ރިދަމް“ ނަމަކަށް ކިޔާ ފްރޮސެސް އަކުންނެވެ. އަދި މިއީ ހަށިގަނޑުގެ ފިނި ހޫނު މިންވެސް ބަލަހައްޓާ ޕްރޮސެސްއެވެ. އެހެންކަމުން މީހާއަށް ހަމަ ނިދި ނުލިބި ދުވާލު ގަޑީގައި މީހާ މާ ބޮޑަށް ވަރުބަލި ވާނަމަ، ސާކޭޑިއަމް ރިދަމް އިން ހަށިގަނޑު ފިނި ކޮށް ދެއެވެ.

 

ހަށިގަނޑުގައި ރަނގަޅަށް ލޭ ދައުރު ނުވުން:

ހަށިގަނޑުގައި ރަނގަޅަށް ލޭ ދައުރު ނުވުމަކީވެސް ހަށިގަނޑު ފިނި ވުމަށް މެދުވެރިވާ ސަބަބެކެވެ. ހަށިގަނޑުގައި ލޭ ދައުރު ނުވާނަމަ، ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ލިބެންވާ ވަރަށް ނުލިބެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑު ފިނި ވުމަށް މެދުވެރިވެއެވެ. ހަށިގަނޑުގައި ރަނގަޅަށް ލޭ ދައުރު ވުމަށް ބުރޫ އަރާ ބައެއް ކަންތައްތަކުގެ ތެރޭގައި މީހާ މާ ބޮޑަށް ފަލަ ވުމާއި، ސިނގިރޭޓު ބުއިން ފަދަ ކަންކަން ހިމެނެއެވެ.

 

މާ އަވަސް އަވަހަށް ބަރުދަން ލުއިވުން:

މާ އަވަސް އަވަހަށް ބަރުދަން ލުއިވުމަކީ ވެސް ހަށިގަނޑު ފިނި ވުމަށް މެދުވެރިވާ ސަބަބެކެވެ. މިކަން މިގޮތަށް މެދުވެެރިވަނީ މާ އަވަހަށް ބަރުދަން ލުއިވެ މީހާ ހިކުމުން، ހަންގަނޑުގެ ތެރޭގައި ހުންނަ ފެޓު ވިރުމަށް މެދުވެރިވާތީއެވެ. މި ފެޓަކީ ހަށިގަނޑުގެ ފިނި ހޫނު މިން ކޮންޓްރޯލު ކުރަން އެހީވެދޭ އެއްޗަކަށް ވުމުން، މި ވިރުމުން އެކަން ކޮންޓުރޯލު ވުމަށް ދަތިވެއެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ހަށިގަނޑު ފިނިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!