ވަޒީފާއަށް ދިއުމަކީ ގޯސް ވިސްނުމެއް ކަމަށް ބަންގްލަދޭސްގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ޕްރޮފިޝަރ ޑރ. މުހައްމަދު ޔޫނުސް ވިދާޅުވެއްޖެ އެވެ.
އެގައުމުގެ ޔުނިވަރސިޓީއެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޔޫނުސް ވިދާޅުވީ ހަދާނުގައި އަބަދު ވެސް ބަހައްޓަންވީ ވަޒީފާ ހޯދުމަކީ ނުބައި ގޯސް ވިސްނުމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވިސްނުން ބަހައްޓަންވީ ވަޒީފާ ހޯދާ މީހަކަށް ވުމަށް ނޫން ކަމަށާއި ވިސްނުން ބަހައްޓަންވީ ވަޒީފާ އުފައްދާ މީހަކަށް ވުމަށް ކަމަށެވެ.
ޑރ. ޔޫނުސް ވިދާޅުވީ ވަޒީފާއެއް ހޯދަން އުޅުމަކީ ނުބައި ވިސްވުމެއް ކަމަށެވެ. އަބަދު ވެސް އަމިއްލަ ނަފުސަށް ވިސްނައިދޭންވީ ވަޒީފާ އުފައްދާ މީހަކަށް ވުމަށް ކަމަށެވެ.
ގުޅުންހުރި ލިޔުންތައް