ދިވެހިންނަށް ހިލޭ މެކޭނިކް ކޯސް ހިންގަން ހަޔަރ އެޑިއުކޭޝަނުން ނިންމައިފި
ދެންމެ | 13 އޯގަސްޓް 2024

މޯލްޑިވިސް ޕޮލިޓެކްނިކްގެ އޮގަސްޓް އިންޓޭކް 2024ގެ ނެޝަނަލަލް ސެޓްފިކެޓް 3 އިން ރެފްރިޖްރޭޝަން އެންޑް އެއަރކޮންޑިޝަނިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި، މި ކޯހަކީ މެކޭނިކް މަސައްކަތްތަކަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ހުޅުވައިލެވިފައިވާ ކޯހެކެވެ.

ފީއަކާއި ނުލައި މުޅިން ހިލޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގެ މުއްދަކީ 4 މަސްދުވަހެވެ. އަދި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުތަކީ އަސާސީ ތަޢުލީމު ނުވަތަ ގުރޭޑް 6ގެ ތަޢުލީމީ ފެންވަރު ހުރުން ނުވަތަ ލިޔަން ކިޔަން ދަންނަ މީހަކު ކަމުގައިވުމެވެ.

އެއަރ-ކޮންޑިޝަން (އޭސީ)، ފްރިޖް ފަދަ ސާމާނު މަރާމާތުކުރާނެ ގޮތްތަށް މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ދަސްވެގެންދާނެއެވެ.

ޕޮލިޓެކްނިކްގެ މާލެ ކެންޕަސްގައި މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ކޯހަށް ހުށަހެޅުމުގެ ސުންގަޑިއަކީ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 14:00 އެވެ.

ތިރީގައިވާ ލިންކު މެދުވެރިކޮށް، މި ކޯހަށް ހުށަހަޅައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!