މާލެ ސަރަހައްދުގެ ސްކޫލުތައް މާދަމާ ބަންދުކުރަން ނިންމައިފި
ދެންމެ | 13 އޯގަސްޓް 2024

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުގެ (މާލެ، ވިލިމާލެ، ހުޅުމާލެ) ސްކޫލުތައް މާދަމާ ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅަކު ވޮއިސް އަށް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވިގޮތުގައި މިނިސްޓްރީން މިހާތަނަށް ނިންމާފައިވަނީ ހަމައެކަނި މާދަމާއަށް ސްކޫލުތައް ބަންދުކުރުމަށެވެ. އަދި ވިއްސާރައިގެ ސަބަބުން އެހެން އަތޮޅުތަކުގެ ހާލަތާ ބެހޭ މަޢުލޫމާތު މިނިސްޓްރީން އެއްކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހެމުންދާތީ، ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ރިޢާޔަތްކޮށް މި ނިންމުން ނިންމާފައިވާކަމަށް ބެލެވެއެވެ. އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!