އެންމެ 40 ހާސް ރުފިޔާގެ ކުޑަ މުސާރައަކަށް ބާ ކައުންސިލަށް އެސްޖީއެއް ހޯދަނީ
ދެންމެ | 16 އޯގަސްޓް 2024

މަހަކު 40،500 ރުފިޔާގެ ބޮޑު މުސާރައެއް ލިބޭގޮތަށް ބާ ކައުންސިލްގެ ސެކެޓްރީ ޖެނަރަލް ކަމުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ކައުންސިލަށް އެސްޖީއަކު ހޯދުމަށް މި މަހުގެ ފަސް ވަނަ ދުވަހު ވެސް އިއުލާނުކުރި ކަމަށެވެ.

ނަމަވެސް، އެ އިއުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައި ނުވާތީ ބާ ކައުންސިލުން އަނެއްކާ ވެސް ވަނީ އެސްޖީއަކު ހޯދުމަށް އިއުލާނުކޮށްފައެވެ.

ބާ ކައުންސިލަށް އެސްޖީއަކު ކަނޑައަޅަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މުސާރައަށް މަހެއްގެ މައްޗަށް 40،500 ރުފިޔާ ލިބޭނެ ކަމަށާއި މަސައްކަތާ ގުޅުވައި އެހެނިހެން އެލެވެންސާއި ރޯދަ އެލެވެންސާއި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

 

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި:

 

ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުން

ގާނޫނީ ވަކީލެއްގެ ގޮތުގައި ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވުން

ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ކޯޓަކަށް ނުވަތަ ބާކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން

ބަނގުރޫޓުވެފައިވާ މީހެއް ކަމުގައި ނުވުން

ޖިނާއަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން

 

އިއުލާނުގައި ބުނެފައިވާ ގޮތުގައި، ކުރިން އެސްޖީއަކު ހޯދަން މީގެކުރިން ކުރި އިއުލާނަށް ފޯމު ހުށަހެޅި ފަރާތްތަކަށް މިފަހަރު ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

މި އިއުލާނުގެ މުއްދަތު ހަމަވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!