ބޮގަރު އުފައްދާ އޭގެ ވިޔަފާރި ކުރާ ދެ މީހުން ހައްޔަރު ކޮށްފި
ދެންމެ | 17 އޯގަސްޓް 2024

ބޮގަރު ކައްކައި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ލ. ގަމުން ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ގަމުގެ ވިލެޖުގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި ބޮގަރު ކައްކައި އޭގެ ވިޔަފާރިކުރާ ކަމަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ގޭގެ ތެރެއިން 24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެއްޗާއި ބޮގަރު ކަމަށް ޝައްކުކުރެވޭ ދެ ރުނބާ އާއި ފަސް ލީޓަރުގެ ފުޅިއަކާއި އަދި ބޮގަރު ކައްކަން ގެންގުޅޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރިން 42 އަހަރުގެ ދިވެހި ފިރިހެނަކާއި 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!