ގައިމޮޑޭ ބިދޭސީ އަންހެނަކަށް ހަމަލާދީ ފޭރިގެންފި
ދެންމެ | 17 އޯގަސްޓް 2024

ހުޅުމާލޭ ސްޕާއެއްގައި މަސައްކަތްކުރާ އަންހެނަކަށް ޙަމަލާދީ ފައިސާތައް ފޭރިގެންފިއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ސްޕާއެއްގައި މަސައްކަތް ކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، ބިރުދައްކައި، ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ޢިމާރާތުގެ ވެރިފަރާތް ކަމަށްވާ މަޝްހޫރު މިއުޒީޝަން ޙުސައިން ޞަބާޙް ވަނީ ޙަމަލާދިންކަމަށް ތުހުމަތު ކުރެވޭ މީހާގެ ފޮޓޯ މީސް މީޑިއާގައި ހާމަކޮށްފައެވެ.

ޞަބާޙް ބުނީ ޤައުމުގެ ޙާލަތަކީ މިއަދު މިއީ ކަމަށާއި އެފަދަ ކުށްތަކަށް އަރައިގަންނަ މީހުން ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ވައްކަމާއި ފޭރުމުގެ 2620 މައްސަލަ މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!