ޖުނުބުވެރި ހާލުގައި ހިނައިނުގަނެ ރޯދަ ހިފުން!
ދެންމެ | 18 އޯގަސްޓް 2024

ޖުނުބުވެރި ޙާލުގަ ރޯދަ ހިފަން ފެށުމަކީ ރޯދަ ބާޠިލުވާ ކަމެއްތޯ؟

މިފަދަ ސުވާލުތައް ކުރެވެނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ފަތިސްނަމާދަށް ނުހޭލެވޭ މީހުންނަށެވެ. ފަތިސްނަމާދަށް ހޭލެވުނުނަމަ އޭނާ ހުންނާނީ ހިނައިގަނެ ފަތިސްނަމާދުކޮށްގެން ކަމަށްވާތީއެވެ. ގިނައިން މިމައްސަލަ ކުރިމަތިވާނީވެސް ސުންނަތް ރޯދަހިފާ މީހުންނަށެވެ.

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.

ޖުނުބުވެރިވެގެންވާ ޙާލުގައި ރޯދަ ހިފަން ފެށުމަކީ ރޯދަ ބާޠިލުވާ ކަމެއް ނޫނެވެ.

މިސާލަކަށް މީހަކު ޖުނުބުވެރިވެފައިހުރި ޙާލަތުގައި ހިނައިނުގަނެ ނިދާފައި ހޭލެވުމުން ރޯދައަށް ހުރެވިދާނެއެވެ.

އެކަމަކު ނަމާދު ކުރުމަށްޓަކައި ހިނައިގަންނަން ޖެހޭނެއެވެ. މުޅި ރޯދަ ނިމެންދެން ޖުނުބުވެރި ޙާލަތުގައި ހުންނާކަށް ނުޖެހޭނެއެވެ. އެއީ ނަމާދު ކުރުމަށްޓަކައި ހިނައިގަންނަން ޖެހޭތީއެވެ.

އެހެންކަމުން ޖުނުބުވެރިކަން މަތީ ހުރެ ރޯދަ ހިފަން ފެށިޔަސް ރޯދަ ޞައްޙަ ވާނެއެވެ.

 

–الشيخ محمد شافع

ރޯދަ ވެރިޔާ ރޯދައަށް ހުރެ 3 ނަމާދުކުރަން ޖެހެއެވެ. އެއީ ފަތިސް ނަމާދާއި މެންދުރު ނަމާދާއި ޢަޞްރު ނަމާދެވެ. ވީމާ ހޭލެވުމާއިއެކު އޮތީ އަވަހަށް ހިނައިގަނެ ފަތިސް ނަމާދުކުރުމެވެ. މީގެ އިތުރުން ހިނައިގަނެގެން ނިދުމަކީ ޞިއްޙީ ދުޅަހެޔޮކަން އިތުރުވާ ކަމެކެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!