ފުރަތަމަ ގުރުއާން ބާވާތްލެއްވި ހިރާ ފަރުބަދަ ކޭބަލް ކާރުން 🚡 ގުޅާލަން ނިންމައިފި
ދެންމެ | 18 އޯގަސްޓް 2024

2025 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީކުރަން ހަމަޖެހިފައިވާ މި މަޝްރޫއުގެ މަގްސަދަކީ ހިރާ ފަރުބަދައަށް އެރުމައްޓަކައި މީހުން އުފުލާ ބުރަ ލުއިކޮށްދިނުން ކަމަށާއި ހައްޖުގެ ތަޖުރިބާ އިތުރުކުރުން ކަމަށް އެގައުމުން މައުލޫމާތު ދެއެވެ.

ސައުދީ އަރަބިއްޔާއިން ވަނީ މައްކާގެ ޖަބަލް އަލް ނޫރުގައި ހުންނަ ހިރާގެ ފަރުބަދައަށް ފަސޭހައިން ދެނޭނެ އިންތިޒާމް ހަމަޖެއްސުމައްޓަކައި ކޭބަލް ކާރު ސިސްޓަމެއް ތަރައްގީ ކުރަން ނިންމައިފަ އެވެ.

2025 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީކުރަން ހަމަޖެހިފައިވާ މި މަޝްރޫއުގެ މަގްސަދަކީ ހިރާ ފަރުބަދައަށް އެރުމައްޓަކައި މީހުން އުފުލާ ބުރަ ލުއިކޮށްދިނުން ކަމަށާއި ހައްޖުގެ ތަޖުރިބާ އިތުރުކުރުން ކަމަށް އެގައުމުން މައުލޫމާތު ދެއެވެ.

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ސަމާޔާ އިންވެސްޓްމަންޓް ކޮމްޕެނީގެ ސީއީއޯ ފަވާޒް އަލް މުހްރޭޖް ވިދާޅުވީ ކޭބަލް ކާރުގެ ނިޒާމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި ވަރަށް އަވަހަށް ހައްޖުވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފަރުބަދައަށް ވަދެވޭނެ ޒަމާނީ، ސްޓްރީމްލައިން މަގެއް ލިބިގެންދާނެ ކަމަށެވެ.

ހިރާ ފަރުބަދައިގެ ހޮހޮޅައަކީ ނަބިއްޔާ މުހައްމަދު ރަސޫލާ ﷺ އަށް ކީރިތި ޤުރްއާނުގެ ފުރަތަމަ އާޔަތް ނުވަތަ ފުރަތަމަ ފަހަރަށް ވަހީ ބާއްވަވައިލެއްވެވީ ހިރާ ފަރުބަދައިގެ ހޮހޮޅައިގައި އިންނަވަނިކޮށެވެ.

ކޭބަލް ކާރު ސިސްޓަމަކީ މިދިޔަ އަހަރު ހުޅުވި 67،000 އަކަ މީޓަރުގެ ކޮމްޕްލެކްސް އެއް ކަމަށްވާ ”ހިރާ ކަލްޗަރަލް ޑިސްޓްރިކްޓް“ އާ ގުޅިގެން ހިންގާ ނިޒާމެކެވެ. މި ޑިސްޓްރިކްޓުން މިހާރު ވަނީ ފަރުބަދައިގެ ލައިފް ސައިޒް މޮޑެލްއެއް ތައާރަފުކޮށް ކޭބަލް ކާރު އޮޕަރޭޓް ކުރެވެންދެން އެތަނުގެ މުހިންމުކަން ގާތުން ބަލާލެވޭނެ ގޮތް ހަދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!