އޮރިޔާން ބުޑު ދައްކައިގެން އުޅޭ ޢުރުފީ ރިއަލްޓީ ޝޯއެއް ހަދަން ނިންމައިފި
ދެންމެ | 18 އޯގަސްޓް 2024

ފާޑުފާޑުގެ ޑިޒައިންތަކުގެ ހެދުން ލައިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އުރްފީ ޖާވިދު އާއި އޭނާގެ އާއިލާގެ ދިރިއުޅުން ދައްކާ ރިއަލިޓީ ޝޯއެއް އެމަޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ނިންމައިފި އެވެ.

”ފޮލޯ ކަރް ލޯ ޔާރް“ގެ ނަމުގައި އެމަޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދޭ މި ރިއަލިޓީ ޝޯގެ ޓްރެއިލާ ވަނީ އިއްޔެ އާންމުކޮށްފަ އެވެ.

މި ރިއަލިޓީ ޝޯގައި އުރްފީގެ މަންމަ އާއި އޭނާގެ އެއްބަނޑުއެއްބަފާ މީހުން ދައްކަ އެވެ. އަދި އެމީހުންގެ ދިރިއުޅުމުގައި ހިނގާ ކަންކަމާއި އެމީހުންނާއި އުރްފީއާ އޮންނަ ގުޅުން ވެސް ދައްކަ އެވެ.

ޓްރެއިލާ ބެލުމަށް ފަހު ބައެއް މީހުން ބުނި ގޮތުގައި، މި ޝޯ ވައްތަރީ އެމެރިކާގެ ކާމިޔާބު ރިއަލިޓީ ޝޯ ”ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް“އާ އެވެ. އަދި ޓްރެއިލާގައި އުރްފީ ވެސް ބުނާ ގޮތުގައި އޭނާ ދެން ވާނީ ”ދަ ނިއު ކިމް ކާޑޭޝިއަން“ އަށެވެ.

”ފޮލޯ ކަރް ލޯ ޔާރް“ އެމެޒަން ޕްރައިމް ވީޑިއޯ އިން ސްޓްރީމް ކުރަން ފަށަނީ އަންނަ ހުކުރު ދުވަހު އެވެ. ފުރަތަމަ ސީޒަންގައި ނުވަ އެޕިސޯޑު ގެނެސްދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!