މަސްއޫދު ހުކުމްގައި ބޮޑެތި ގޯސްތަކެއް ހަދާފައި ކަމަށް ކުރީގެ ޕީޖީ ވިދާޅުވެއްޖެ.
ދެންމެ | 09 މެއި 2022

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގެ ހުކުމުގައި ފާޅުކަން ބޮޑުކޮށް ގޯސްތަކެއް ހަދާފައިވާ ކަމަށް ކުރީގެ ޕޮރޮސެކިއުޓަރ ޖެނެރަލް މުހްތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

ފޮނަދޫ ކޯޓްގެ ހުކުމަށް ފާޑުވިދާޅުވަމުން ކުރިމިނަލް ކޯޓްގެ ގާޒީކަން ވެސް ކޮށްފައިވާ މުހްތާޒް ވިދާޅުވެފައި ވަނީ މި ހުކުމްގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި ނިންމެވި ނިންމެވުންތައް ޝަރީއަތުގެ ފަހުގެ މަރުހަލާގައި އެއްވެސް ގާނޫނީ އަސާސެއްނެތި ބަދަލު ވެސް ކުރައްވާފައިވާ ކަމަށެވެ. ޖޭއެސްސީން މިބާވަތުގެ މައްސަލަތަކުގައި މީގެ ކުރިންވެސް ފަޑިޔާރުންނާއި ދޭތެރޭ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

މަސްހޫރު ގާނޫނީ ވަކީލް މުހްތާޒް ވިދާޅުވީ މައްސަލާގެ ހުކުމްކުރި މެޖިސްޓްރޭޓް އަދި ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އަލީ ޝަރީފް ގާނޫނީ ގޮތުން ބޮޑެތި ބޮޑެތި ގޯސްތައް ހަދާފައިވާކަމަށެވެ.

މިމައްސަލާގައި ދައުލަތުން ވަނީ ހެކީ ގޮތުގައި ގިނަ ހެކިތަކެއް ހުށަހަޅާފައި ވެއެވެ. ދައުލަތުގެ މައި ހެކިތަކުގެ ގޮތުގައި މަންޒަރު ދުއް މީހުންގެ ހެކި ބަހާއި ވީޑިޔޯ އާއި ވީޑިޔޯ ތަހްލީލް ރިޕޯޓާއި ތަހްލީލްކުރި ފުލުސް އޮފިޝަރުގެ ހެކި ބަހުގެ އިތުރުން ފަރުވާދިން ޑޮކްޓަރާއި ފޮރިންސިކް ރިޕޯޓްވެސް ހެކިބަހުގެ ގޮތުގައި ހުށަހަޅާފަ އެވެ. އެހެންނަމަވެސް ހުކުމް ކުރިއިރު ސަރީއަތުން ވަނީ ޕީޖީ އޮފީހާއި ފުލުހުންގެ އިހްމާލު އޮތްކަމަސް ބުނެ، ހެކިތައް ބަލައި ނުގަންނަން ނިންމާފައެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ ފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި  ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް ސަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވެސް އަލީ ސަރީފް އިސްމެޖިސްޓްރޭޓްކަން ކުރައްވާ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދެ ފަހަރަށް ދޫކޮށްލުމުން ހައިކޯޓުން ނެވެ.

މި އަހުމަދު ސަމީމް އަކީ ލާމް އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގެ ތުހުމަތުގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!