ރައީސް ޔާމީންގެ ސަރީއަތް މިހަފްތާގައި ފަށަން ނިންމައިފި
ދެންމެ | 18 އޯގަސްޓް 2024

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކުގެ ޝަރީއަތްތަކުގެ އަޑުއެހުން މި ހަފުތާގެ ދުވަސްތަކުގައި ކްރިމިނަލް ކޯޓުން ތާވަލުކޮޮށްފި އެވެ.

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ދައުވާކުރާ ދެ މައްސަލައެ ކްރިމިނަލް ކޯޓުގައި އެބައޮތެެވެ.

އެއް މައްސަލައަކީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ އެވެ. ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުމެއް މި ތާވަލުކުރީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންކަން ފާހަގަކުރެވެެއެެވެ. ރިޔާސީ އިންތިހާބަށް ފަހު މި މައްސަލައިގެ އެއްވެސް އަޑުއެހުމެއް ކޯޓުގައި ތާވަލުކޮށްފައެއް ނުވެއެވެ.

އަނެއް މައްސަލައަކީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައެެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022، ގައި ވަނީ އިއްވާފައެެވެ. ހައި ކޯޓުގައި މައްސަލަ ބެލުމަށް ފަހު ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން ޖެހޭ ކަމަށް ވަނީ ހުކުމްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!