ޑްރަގާއި އެކު ކާށިދޫ މިސްކިތު މުދިމު ހައްޔަރު ކޮށްފި
ދެންމެ | 19 އޯގަސްޓް 2024

މަސްތުވާތަކެތީގެ މައްސަލައެއް ގައި ކ. ކާށިދޫ މިސްކިތު މުދިމް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ”ދެންމެ“ އަށް މިއަދު ވިދާޅުވީ މުދިމަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މަސްތުވާތަކެތީގެ ތުހުމަތު ގައި އެ މުދިމް މީހާ މީގެ ކުރިން ސަސްޕެންޑްވެސް ކުރި ކަމަށެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!