ފޯއް ނުވިއްކައި މިނިސްޓަރ ހަލީލް ލަގްޒަރީ ފްލެޓެއް ގަނެފި
ދެންމެ | 19 އޯގަސްޓް 2024

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފި އެވެ.

ހަލީލް ބައްލަވައިގަތީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.

އެ ފްލެޓް ހަލީލްގެ ނަމަށް ބަދަލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައިވަނީ 1،235 އަކަފޫޓްގެ އެ ފްލެޓްގެ އަގު ހަލީލް ދައްކަވާފައިވާތީ ފްލެޓް އޭނާ އަށް މިލްކު ވެފައިވާ ކަމަށެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ހަލީލަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މި ސަރުކާރުގެ މިނިސްޓަރަކަށް ހަމަޖެއްސުމުގެ ކުރިން އަމިއްލަ ވިޔަފާރި ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!