ރައީސް ޔާމީން ސަރީއަތް ދައުލަތުން އެދިގެން ކެންސަލް ކޮށްފި
ދެންމެ | 19 އޯގަސްޓް 2024
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ރ. ފުއްގިރި މައްސަލައިގެ އަޑުއެހުމަށް ހެކިން ހާޒިރު ނުކުރެވޭތީ ދައުލަތުން އެދިގެން މާދަމާގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

އަޑުއެހުން ކެންސަލްކުރީ މާދަމާގެ އަޑުއެހުމަށް ދައުލަތުގެ ހެކިންނަށް ހާޒިރު ނުވެވޭތީ އެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކި ބަސް ނަގާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ އެވެ. އޭނާއަކީ ފުއްގިރި ކުއްޔަށް ނެގުމުގައި ދުބާއީ ކުންފުނީގެ ރާއްޖޭގެ މަންދޫބެވެ.

ޝަރީއަތަށް ހެކި ބަސް ދެމުން، ބޮންޑޭ ވިދާޅުވެފައި ވަނީ ފުއްގިރި ކުއްޔަށް ދޫކުރި އަގުކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާމަކުރި އަގަކީ އަސްލު އަގެއް ނޫން ކަމަށެވެ. ތަފްސީލުގައި އޭނާ ވިދާޅުވީ 2015 ގައި ފައިސާ ދެއްކެވީ އައިބީއާރު މޯލްޑިވްސްގެ ނަމުގައި އޮތް އޭނާގެ އަމިއްލަ ވިޔަފާރިއެއްކަމަށް ވާ އައިބީއާރު މޯލްޑިވްސްއިން ކަމަށެވެ. އަދި ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ ފުއްގިރި ކުއްޔަށް ހިފި ބޭރުގެ ކުންފުނި ކެލެސިކް ސިޓީ ހޯލްޑިން ގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި ކަމަށެވެ.

މީގެއިތުރުން ބޮންޑޭ ވިދާޅުވީ ކުންފުނީގެ ފަރާތުން ޖަމާކުރި 150،000 ޑޮލަރު އެސްއޯއެފް އެކައުންޓަކަށް ޖަމާވިކަން ސަމާލުކަމަށް އައިސްގެން އެކަން އެއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސަމާލުކަމަށް ގެންނެވިކަމަށެވެ.

ގިނަ ދުވަސްތަކަށް ފަހު ތާވަލު ކުރި މާދަމާގެ އަޑުއެހުން ކެންސަލްވި ނަމަވެސް، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށް މައްސަލަ ދަށު ކޯޓުގައި އަލުން ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ ބުދަ ދުވަހަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!