މޯލްޑިވިއަނުން ޗައިނާއަށް ދަތުރުތައް ފަށަން ނިންމައިފި
ދެންމެ | 11 ޑިސެމްބަރ 2024

މޯލްޑިިވިއަނުން އަންނަ މަހު ޗައިނާގެ ބޮޑު ހަތަރު ސިޓީއަކަށް ދަތުރުތައް ފަށަން ނިންމަފައިވާކަން ސަރުކާރުން އިއުލާންކޮށްފި އެވެ.

އެ ދަތުރުތައް ފަށަން ނިންމިކަން އިއުލާންކުރުމުގެ ގޮތުން ޗައިނާގެ ބެއިޖިންގައި ވަނީ އިއްޔެ ހާއްސަ ރަސްމިއްޔަތެއް ވެސް ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް ފަހު މިނިސްޓަރު އެކްސްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ފަށަން ނިންމިކަން ފާހަގަކުރައްވައިފަ އެވެ.

އެ ވައިޑް އެއާކްރާފްޓް ބޯޓުތަކާއެކު ޗައިނާގެ ވެރިރަށް ބެއިޖިންގެ އިތުރުން ޝަންގްހާއީ އާއި ޗެންދޫ އަދި ޒިއާންއަށް އަންނަ ޖެނުއަރީން ފެށިގެން މޯލްޑިވިއަނުން ދަތުރުތައް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!