ސިންގަލް ދެ ކެޓަގަރީން ވެސް ދީމާ ކުއާޓާ ފައިނަލަށް.
ދެންމެ | 11 މެއި 2022

ރާއްޖޭގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސް ދެ ކެޓަގަރީން ވެސް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޓީމު އަދި ޑަބަލްސް އިވެންޓްތަކުގެ ނާކާމިޔާބަށް ފަހު ސިންގަލްސް މެޗުތަކުގައި ދީމާގެ އިތުރުން ޖޫނިއާ ބައިގައި ވާދަކުރި އައިޝަތު ރަފާ ނާޒިމު ވެސް ވަނީ ކުރި އެރުން ހޯދައިފަ އެވެ.

ޖޫނިއާ ބައިގެ އެއްވަނަ އަށް ދީމާ ދަތުރު ކުރީ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ޖޫނިއާ ބައިގެ ދެ މެޗުން ވެސް ސީދާ ތިން ސެޓުން އޭނާ ކާމިޔާބު ކުރި އެވެ. އަދި ކެޑޭޓް ބައިގެ ކުއާޓާގެ ޖާގަ ޔަގީންވި ނަމަވެސް އެހެން ކުޅުންތެރިންގެ މެޗުތައް ހުރުމުން ދީމާ މަގާމު އަދި ކަށަވަރެއް ނުވެ އެވެ. ޓީމު އިވެންޓްގެ ސިންގަލްސް މެޗުތަކުގައި ކުޅުނު ހުރިހާ މެޗުތަކެއް ކަހަލަ ގޮތަކަށް ދީމާ ކާމިޔާބު ކުރި

ގުޅުންހުރި ލިޔުންތައް