އެސްޓީއޯއިން ކުޑަ ކުދިންގެ ހަވީރެއް ބާއްވައިފި.
ދެންމެ | 11 މެއި 2022

ކުޑަކުދިންގެ ދުވަސް ފާހަގާ ކުރުމުގެ ގޮތުން އައިވީ ޗިލްރަންސްޑޭގެ ނަމުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ތަފާތު ހަރަކާތްތަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށް ދިޔަ މި ހަވީރުގައި ކުޑަކުދިންގެ މަގޫބޫލު ރޮބޯމޭން ވެސް ވަނީ ބައިވެރިވެފައެވެ. އަދި ރޮބޯމޭން ވަނީ، ކުޑަކުދިންގެ މަގުބޫލު ޔޯގަޓް ޑްރިންކްގެ މުޅިން އާ ޕެކެޓް ދައްކާލާފައެވެ.

އެސްޓީއޯއިން ބާޒާރަށް ނެރެ ވިއްކަމުންދާ އައިވީ ޔޯގަޓް ޑްރިންކަކީ، ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ހާއްސަ، ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ޔޯގަޓް ޑްރިންކެކެވެ. ތައިލެންޑުގެ މަޝްހޫރު އައިވީ އުފެއްދުމަށް ބޭނުންކުރަނީ ޗެކް ރިޕަޕްލިކުން އިންޕޯރޓް ކުރާ އެންމެ ތާޒާ ކިރެއެވެ.

މި އުފެއްދުމާއި ގުޅޭ އިތުރު މައުލޫމާތު ދެމުން އެސްޓީއޯއިންބުނީ، އައިވީގައި 6 ފެލޭވަރއެއް ހިމެނޭ ކަމަށާއި. އެއީ އޮރެންޖް، ބްލޫބެރީ، ލައިޗީ، ޕުލައިން، ސްޓޯބެރީ އަދި މިކްސް ފުރުޓު ކަމަށެވެ.

ޕީޕަލްސް ޗޮއިސްގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމުގެ އިތުރުން އެސްޓީއޯއިންވަނީ އެސްޓީއޯގެ އެކި ޑިޕާޓްމަންޓްތައް ޑެކަރޭޓްކޮށް މުވައްޒަފުންގެ ދަރީންނަށް މަސައްކަތުގެ މާހައުލު ދައްކާލާފައެވެ

ގުޅުންހުރި ލިޔުންތައް