އާލިން ހާލަންޑް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ
ދެންމެ | 12 މެއި 2022

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އާލިން ހާލަންޑް މެންޗެސްޓަރ ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފި އެވެ.

ފަބްރީޒިއޯ މިރޭ ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ސިޓީއަށް ދިއުމަށް ހާލަންޑް އެއްބަސްވެފައި ވާއިރު، ސިޓީގައި މިހާރު އޭނާ ވަނީ ފުރަތަމަ މެޑިކަލް ޓެސްޓުވެސް ހަދާފައެވެ. އަދި ސިޓީއަށް ބަދަލުވުމުގެ އެއްބަސްވުން މިހާރު ހަދާފައިވާއިރު، ލިޔެކިޔުމުގެ ކަންތައް ވަރަށް އަވަހަށް ނިންމާނެކަމަށްވެސް އޭނާގެ މަސްދަރުތަކާއި ހަވާލާދީ ވަނީ ޕޯސްޓުގައި ބުނެފައެވެ.

ފަބްރީޒިއޯ ބުނާގޮތުގައި މިހަފްތާގެ ތެރޭގައި ހާލަންޑް ރަސްމީކޮށް ސިޓީއަށް ބަދަލުވާކަން އަންގާނެއެވެ. ހާލަންޑްގެ ރިލީޒް ކްލޯޒްއެއްގެ ގޮތުގައި ސިޓީން ޑޯޓްމަންޑަށް 75 މިލިއަން ޔޫރޯ ހުށަހަޅާނެ ކަމަށް އޭނާ ބުނެއެވެ.

އެގޮތުން ހާލެންޑް ސިޓީއާއި ގުޅުމަށް އެއްބަސްވާން ނިންމާފައިވަނީ 2027 ވަނަ އަހަރާއި ހަމައަށް ކަމަށް އޭނާ ބުނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް