އެމްޑީޕީ ޗެއަރޕާސަން އިންތިހާބު ލޮދިލޮދިކޮށް ޗޫސްލާފައި ރައީސް ނަސީދު ކާމިޔާބު ކުރާނެކަން ޔަގީން ވެއްޖެ
ދެންމެ | 11 ޖޫން 2026

ފޯރިގަދަ ހިނގާލުމަކަށް ފަހު، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ނިންމާލައިފި އެވެ.

ރަސްފަންނު ސަރަހައްދުން މިރޭ ފެށި މި ހިނގާލުމުގައި ނަޝީދަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެ އެވެ. މި ހިނގާލުމުގައި ނަޝީދާއެކު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް އާއި ބައެއް އިސްވެރިން ބައިވެރިވި އެވެ.

ހިނގާލުން ނިންމާލުމަށްފަހު ވާހަކަދައްކަމުން ނަޝީދު ވަނީ ރީނދޫ ލަޝްކަރު ނިކުމެ ރުކުރުވާލާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ މެންދުރު 14:30 އިން ރޭގަނޑު 20:30 އާއި ހަމައަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!