ރައީސް ޑރ. މުއިއްޒު، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ޗޫސްލާފައި ދޫކޮށްލައިފި
ދެންމެ | 15 ޖޫން 2026

ދިވެހިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންއައި ޕޭޕަލްގެ ޚިދުމަތް މިއަދު ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބިދޭ މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ޚިދުމަތް ރާއްޖޭގައި ދޭނީ ޕޭޕަލްއާއި އުރީދޫއާއެކު އޮތް ޕާޓްނާޝިޕެއްގެ ދަށުންނެވެ.

 

މި ޕާޓްނަޝިޕަށް މަގުފަހިކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ޕޭޕަލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލިބިގަތުމުގެ ލައިސެންސް އޫރިދޫ ފިންޓެކް މޯލްޑިވްސް އަށް ދީފައެވެ. މި ލައިސެންސް ހަވާލުކުރީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު އެމްއެމްއޭގެ ގަވަރުނަރު އެވެ.

މި ލައިސެންސްގެ ދަށުން ފްރީލާންސަރުންނާއި ކުދި ވިޔަފާރިތަކާއި ބައިނަލްއަޤުވާމީ މުޢާމަލާތްތަކަށް ބަރޯސާވާ ޢާއިލާތަކަށް ސީދާ އެމް-ފައިސާ ވޮލެޓަށް ފައިސާ ލިބިގަނެވޭނެއެވެ.

ޕޭޕަލް އަކީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޕޭމެންޓް ޕްލެޓްފޯމެވެ. ޕޭޕަލް އަކީ އޮންލައިންކޮށް ފައިސާ ދެއްކުމަށް އަވަސް އަދި ރައްކާތެރި ގޮތެކެވެ. މި ޚިދުމަތް ބޭނުންކޮށްގެން 200 އަށް ވުރެ ގިނަ މާކެޓުގައި މިލިއަނެއް ހައި އޮންލައިން ފިހާރައިން ވިޔަފާރި ކުރެވެއެވެ.

މީގެ ކުރިން ރާއްޖެ ހިމެނިފައި ނުވާތީ ފައިސާ ފޮނުވުމާއި ލިބިގަތުމުގައި ދިވެހިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

މި ޚިދުމަތް ފެށުމުން ދިވެހި ވިޔަފާރިތަކާއި ފްރީލާންސަރުންނާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިޤުތިޞާދުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!