ޗެއަރޕާޝަން އިންތިހާބުގައި އެމްޑީޕީ ޕީޖީ ގްރޫޕްގެ އެދުމަށް މީކާއީލަށް ވޯޓުހޯދުމަށް ވީވަރެއް ކޮށްދިނިން: ފަހާލް
ދެންމެ | 24 ޖޫން 2026

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއީލް ނަސީމަށް ވޯޓު ހޯދައިދިނުމަށް އެހީތެރިވާން ޖެހުނީ ސަރުކާރު ހިންގާ ޕާޓީންކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅެއްޖެއެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންނަށް ނިސްބަތްކޮށް ފަލާހު ވިދާޅުވީ، ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދާ ދެކޮޅަށް ނުކުތް 11 މެންބަރުން މީކާއީލަށް ލަނޑުދީފައިވާ ކަމަށެވެ.

”މީކާއިލު ފަކީރު މީތިބި އެގާރަ މެންބަރުން ނެރެގެން އެ ފަކީރަށް ހަދާލި ގޮތް ބަލާ. ސަލާމަތްވާން ނެތޭ އެ ފަކީރު،“ ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ އެ މެންބަރުންނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި، މީކާއީލް ހޮވަން ނުކުމެ އުޅުނު ނަމަވެސް އެއްވެސް ދާއިރާއެއް ކާމިޔާބު ނުކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ އެ މެންބަރުން މީކާއީލަށް ”އަނިޔާދީ ލަނޑުދިނީ“ ކަމަށާއި، އެއީ ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ.

ވާހަކަ ނިންމަވާލައްވަމުން ފަލާހު ވިދާޅުވީ، އެންމެ ފަހު ވަގުތު މީކާއީލަށް ވޯޓު ހޯދައިދިނުމަށް އެދުނީ އެ ބޭފުޅުންގެ ކައިރީގައި ކަމަށެވެ. އަދި އެބޭފުޅުންވެސް އެކަމުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!